ޑަބްލިޔު އޭސީ އާއި ޓީމު ޔުނައިޓެޑް މޮޅުވެއްޖެ

e

 

މައިލޯ އިންޓަ އޮފީސް ފުޓްސަލް ޗެލެންޖުގައި ގުރޫޕް އެކެއްގައި އިއްޔެ ހަވީރު ކުޅުނު ދެ މެޗުން ޑަބްލިޔު އޭސީ ވަތަނިއްޔާ/އެޓޯލް ކައުންސިލް/މީޑިޔާ ސެންޓަރުން އެކަލަވާލާފައިވާ ޓީމް ޑަބްލިޔު.އޭސީ އާއި ދިރާގު/ވިލާ ކޮލެޖް/ބައޮސްފިއާ ގުޅިގެން ނަގާފައިވާ ޓީމު ޔުނައިޓެޑް މޮޅުވެއްޖެ އެވެ

މުބާރާތް ފެށުމުގެ ގޮތުން އިއްޔެ ހަވީރު ކުޅުނު ގްރޫޕް އެކެއްގެ ފުރަތަމަ މެޗުގައި އީ-ކަތަ (ޔުޓިލިޓީ/އެސްޓީއޯ/ކޯޓް) އަތުން ޓީމު ޑަބްލިޔު.އޭސީ މޮޅުވީ 7-1އިންނެވެ. މި މެޗުގައި ޑަބްލިޔުއޭސީގެ މުހައްމަދު ފާސިރު އެ ޓީމަށް ހަތަރު ލަނޑު ޖަހައިދިންއިރު ހައްފާފު ސިދުގީ ވަނީ ދެ ލަނޑު ޖަހައިދީފައެވެ. އަދި ފަތީން ޚާލިދުވެސް ވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ.  އީ-ކަތަ އިން ޖެހި ހަމައެކަނި ލަނޑު އެ ޓިމަށް ޖަހައިދިނީ ތަމްހީދެވެ.

ގްރޫޕް އެކެއްގައި އިއްޔެ ހަވީރު ކުޅުނު ދެވަނަ މެޗުގައި މިދިޔަ އަހަރުގެ ރަނާއަޕް ޕޮލިސް އަތުން ޓީމު ޔުނައިޓެޑް މޮޅުވީ 5-1 އިންނެވެ. މެޗުގައި ޔުނައިޓެޑް އަށް ޝާފީ ދެ ލަނޑު ކާމިޔާބުކޮށްދިންއިރު އަބްދުލްމަތީން އާއި ޖައިލަމްވެސް ވަނީ ލަނޑެއް ޖަހައިދީފައެވެ. އަދި ޕޮލިސް ޓީމުގެ މަދީންގެ އަތުން ބައިކޮޅަށް ވަނީ ލަނޑެއް ވަދެފައެވެ. ޕޮލިހަށް ލަނޑު ޖަހައިދިނީ މެޗް ނިމެނިކޮށް ލިބުނު ޕެނަލްޓީއަކުން ހުސައިން ފާސިރު އެވެ.

މި މުބާރާތުގެ ގުރޫޕް ދޭއްގައި މިއަދު ހަވީރު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ބ. އަތޮޅު ތައުލީމީ މަރުކަޒާއި ޑަބްލިޔު އޭސީ އެވެ. ގްރޫޕް އެކެއްގެ ދެވަނަ މެޗުގައި ޔުނައިޓެޑްއާ ދެކޮޅަށް ނުކުންނާނީ ފޭސް ބެޗްއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.