ނ.ރ.ބ. އަދި ޅ އަތޮޅުގެ ރަށްތަކުގައި އުފުދޭ ކުނި ނައްތާލަން ރ އަތޮޅު ވަންދޫގައި ގާއިމުކުރި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މި މަޝްރޫޢުގެ ދަށުން ރ. ވަންދޫގައި ގާއިމުކުރި ސަރަޙައްދީ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ދުވާލަކު 40 ޓަނުގެ ކުނި ނައްތާލެވޭ އިންސިނެރޭޓަކާއި، ވަންދުއަށް ކުނި ޖަމާކުރުމަށްޓަކައި ބާޖެއް ދަނީ ބޭނުންކުރަމުންނެވެ. ނަމަވެސް އިންސިނެރޭޓަރ އޮޕަރޭޓްކުރުމަށް ނިންމާފައިވަނީ އެކަށީގެންވާ މިންވަރަކަށް ވަންދުއަށް ކުނި ޖަމާކުރުމަށްފަހު އެވެ.
ނ.ރ.ބ. އަދި ޅ އަތޮޅުގައި 60،000 މީހުން ދިރިއުޅެމުން އަންނައިރު މި ސަރަހައްދުގައި މީހުން ދިރިއުޅޭ 44 ރަށާއެކު 22 ރިސޯޓް އޮޕަރޭޓް ދަނީ އޮޕަރޭޓް ކުރަމުންނެވެ.
ވަންދޫގައި ގާއިމްކޮށްފައިވާ ކުނި މެނޭޖްކުރާ ސެންޓަރަކީ ޒަމާނީ ޓެކްނޮލޮޖީތައް ހިމަނައިގެން، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުނި ނައްތާލުމުގެ މަސައްކަތް ކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ސެންޓަރެކެވެ.
އުތުރު ސަރަޙައްދުގައި ކުރިއަށް ގެންދާ މި މަޝްރޫޢާ އެއްގޮތަށް ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅާއި، ދެކުނުގެ ހަތަރު އަތޮޅުގައި ކުނި ނައްތާލުމުގެ ނިޒާމެއް ޤާއިމްކުރުމަށް ސަރުކާރުން މިހާރު ގެންދަވަނީ މަސައްކަތް ކުރަމުންނެވެ.