
ޅ އަތޮޅާއި ބ އަތޮޅަކީ އެމްޑީޕީން ވަރަށް އިސްކަންދޭ ދެ އަތޮޅުކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީން މިހާރު ކުރިއަށް ގެންދާ ދޭތިން ފަހެތި ކެންޕޭނުގައި އިއްޔެ ޅ އަތޮޅަށާއި ބ އަތޮޅަށް ފުރާވަޑައިގަތުމުގެ ކުރީން ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނު ޅ އަތޮޅަށާއި ބ އަތޮޅަށް ކުރައްވާ ދަތުރަކީ އެމްޑީޕީގެ ސިޔާސަތު ރައްޔިތުންނާ ހަމައަށް ގެނެސް ދިނުމަށް ޓަކައި ކުރައްވާ ދަތުރު ތަކެއް ކަމަށެވެ.
ނަޝީދުގެ މިދަތުރުފުޅުގައި އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަތުމަށްހަމަޖެހިފައިވަނީ ޅ. އަތޮޅުގެ ބައެއް ރަށްރަށެވެ. އެގޮތުން އެމަނިކުފާނު އިއްޔެ ވަނީ އެ އަތޮޅުގެ ބައެއް ރަށަރަށަށް ވަޑައިގެންފައެވެ.
ބ އަތޮޅުން އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ކުޑަރިކިލަށެވެ. އޭގެ އިތުރުން މި އަތޮޅު ކަމަދޫ، ކިހާދޫ، ދޮންފަނު އަދި ދަރަވަންދޫއަށްވެސް ވަޑައިގަންނަވާނެއެވެ.
އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިންގެ ދަށުން ނަޝީދު މި ދެ އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި އެ ރަށްރަށުގައި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދެވުމުގެ އިތުރުން ރަށުގެ އާންމު ހާލަތު އެމަނިކުފާނު ބައްލަވާލައްވާނެއެވެ.
މިދަތުރުފުޅުގައި ނަޝީދުގެ އަރިހުގައި އެމްޑީޕީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނާއި އަދި ރައްޔިތުންގެ މަޖްލީހުގެ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ސާބަސް އޭދަފުއްޓަށް ދާނެކަމެއް ނެތް
ސާބަހޭ އަންނި