އީދުގެ ބަންދުގައި ބީއެމްއެލް ހުޅުވާނީ ޖުލައި 21 އާއި 27 ގައި


މި އަޟްހާ ޢީދުގެ ބަންދުގައި ބީއެމްއެލް ހުޅުވަން ހަމަޖެހިފައިވަނީ ދެ ދުވަހު ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލް އިން ބުނީ، މި އަހަރުގެ އަޟްހާ އީދާއި މިނިވަން ދުވަހުގެ މުނާސަބަތުގައި އަންނަ ބަންދުގައި އެ ބޭންކް ހުޅުވާފައި ހުންނާނީ ޖުލައި 21 ވަނަ ދުވަހާއި 27 ވަނަ ދުވަހު ކަމަށެވެ. އަންނަ ހުކުރު ދުވަހުން ފަށައިގެން ސަރުކާރުން ބަންދުވާ އިރު، 28 އަދި 29 އަކީ ބަންދުދުވަސްތައް ކަމަށް ހަަމަޖެއްސުމުން 16 ދުވަސް ބަންދުވާނެ އެވެ.

ބީއެމްއެލްއިން ބުނީ މި ދެ ދުވަހު ބޭންކުގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވާފައި ހުންނާނީ ހެނދުނު 08:30 އިން ފެށިގެން މެންދުރުފަހު 2:00 އަށް ކަމަށެވެ.

އެގޮތުން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމާއި ޗެކްތައް ޕްރޮސެސްކުރުމަށް އެ ދެ ދުވަހު ހެނދުނު 11:00 ގެ ކުރިން ލިބޭ ރިކުއެސްޓް އަދި ޗެކްތައް އެ ދުވަހު ޕްރޮސެސް ކުރެވޭނެކަމަށް ބޭންކުން ބުނެއެވެ.

ހަމައެއާއެކު ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން އަދި މުވައްޒަފުންގެ މުސާރަ ޖަމާކޮށްދިނުމާއި ބީއެމްއެލް ޗެކް ޕްރޮސެސް ކުރުމަށް ހެނދުނު 12:00 ގެ ކުރިން ލިބޭ ރިކުއެސްޓް އަދި ޗެކްތައް އެދުވަހު ޕްރޮސެސް ކުރެވޭނެ ކަމަށްވެސް އެ ބޭންކުން ބުނެއެވެ.

ބީއެމްއެލްއިން ބުނީ ބޭންކުގެ ހިދުމަތްތައް ހޯއްދެއްވުމަށް ކަސްޓަމަރުންނަށް ކިއުބީ އެޕް މެދުވެރިކޮށް ޓޯކަންއަށް އެދެވޭނެކަމަށެވެ. އަދި ކިއުބީ އެޕް މެދުވެރިކޮށް ކިއުގައި ތިބި ކަސްޓަމަރުންގެ އަދަދު ބްރާންޗަށް އައުމުގެކުރިން އޮންލައިންކޮށް ބަލާލެވޭނެކަމަށެވެ.

ހަމައެއާއެކު ބޭންކު ހުޅުވާފައި ހުންނަ ދުވަސްތަކުގައި ހެނދުނު 8:00 އިން މެންދުރު 12:00 އަށް އެޕް މެދުވެރިކޮށް ޓޯކަން ލިބޭނެކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

އެގޮތުން އެޕޮއިންޓްމަންޓު ދޫކޮށްގެން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެކައުންޓް އޯޕަނިން ސެންޓަރު، ލޯން ސެންޓަރު އަދި ބިޒްނަސް ސެންޓަރު މެދުވެރިކޮށް ހިދުމަތް ދިނުމަށެވެ.

މީގެ އިތުރުން އެ ބޭންކުން ބުނީ ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ބަންދު ދުވަސްތަކުގައިވެސް 24 ގަޑިއިރު ފައިސާ ނެގުމާއި، ފައިސާ ޖަމާކުރުމުގެ ހިދުމަތް ލިބިގެންދާނެކަމަށެވެ. އަދި ފައިސާ ދެއްކުމާއި ފައިސާ ފޮނުވުގެ ހިދުމަތްވެސް ލިބިގެންދާނެކަމަށް ބޭންކުން ބުންޏެވެ.

މީގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުގައި ގާއިމް ކޮށްފައިވާ ކޭޝް އޭޖެންޓުން މެދުވެރިކޮށް ބަންދު ދުވަސްތަކުގައިވެސް ކަސްޓަމަރުންނަށް ބޭންކިން ހިދުމަތް ލިބޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.