ބީއެމްއެލްގެ އެހީގައި ފޭދޫގައި “މާމަ، ކާފަ” ޕާކެއް

މާމަ، ކާފަ ޕާކު ހުޅުވުމުގެ ރަސްމިއްޔާތުގައި މީހަކު ވާހަކަދައްކަނީ: މިއީ އިސްރަށްވެހިންނަށް ހާއްސަ ޕާކެއް–

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން އިސްރަށްވެހިންނަށް ހާއްސަކޮށް ސ. ފޭދޫގައި ‘މާމަ ކާފަ ޕާކު’ މިއަދު ހުޅުވައިފިއެވެ.

މި ޕްރޮޖެކްޓް ގެ މަގްސަދަކީ  ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއަޅައި އިޖްތިމާއީ ހަރަކާތްތަކުގައި އިސްރަށްވެހިންގެ ބައިވެރިވުން އިތުރުކޮށް ގުޅުން ބަދަހިކޮށް އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުމެވެ. މި ޕާކުގައި ވަނީ ހިޔާވާނެ ގޮތަށް ބެންޗު ބަހައްޓައި ޕާކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ކެރަމް، ތާސް އަދި ޗެސް ފަދަ ކުޅިވަރުތައް ކުޅެވޭނެހެން މޭޒާއި ގޮނޑި ބެހެއްޓިފައެވެ. މި ސަރަަހައްދަށް ނިސްބަތްވާ ޖަމިއްޔާތަކާއި ގުޅިގެން ހެލްތް ޗެކަޕް ފަދަ ހަރަކާތްތަކާއި ހޭލުންތެރިކުރުމުގެ ގިނަ ޕްރޮގްރާމްތައް މި ޕާކުގައި ހިންގުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ޝިމްލާ އަހްމަދު ވިދާޅުވީ “މާމަ ކާފަ ޕާކަކީ އަޅުގަނޑުމެންގެ މާމަ އަދި ކާފަމެނަށް އާއިލާ އާއި ރައްޓެހިންނާއެކު ވަގުތު ހޭދަކޮށްލާ ގުޅުން ބަދަހި ކުރުމަށް މާހައުލެއް ހޯދާދިނުމުގެ ގޮތުން ތަރައްގީ ކުރެވުނު ޕާކެއް. މިއީ މިރަށުގެ އިސްރަށްވެހިންނަށް ހާއްސަކޮށް ހުޅުވުނު ޕާކެއް ކަމުން އަޅުގަނޑުމެންގެ އުންމީދަކީ އުފާވެރި ހެލިފެލިވެ އުޅޭ މާމާ މެންނާއި ކާފަމެން މި ޕާކުން ގިނައިން ފެނުން.”  

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 60 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދެވިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.