ބ. ދަރަވަންދޫ ހިމެނޭގޮތަށް ހަތް ރަށެއްގެމެޖިސްޓްރޭޓް ކޯޓުތަކަށް އިސް މެޖިސްޓްރޭޓުން ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފި އެވެ.
ބ. ދަރަވަންދޫ ހިމެނޭގޮތަށް ދިހަ ރަށެއްގެ ކޯޓަށް މެޖިސްޓްރޭޓުން ހޯދުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އިއުލާން ކޮށްފިއެވެ.
ޖޭއެސްސީން ކުރި އިޢުލާނުގައިވާ ގޮތުން އަށް ރަށެއްގެ ކޯޓަށް އިސް މެޖިސްޓްރޭޓުން ހޯދާއިރު އަނެއް ދެ ރަށުގެ ކޯޓަށް ހޯދަނީ މެޖިސްޓްރޭޓުންނެވެ.
މީގެ ތެރެއިން އިސް މެޖިސްޓްރޭޓުން ބޭނުންވަނީ ގދ. ފަރެސްމާތޮޑާ، ފ. ފީއަލި، ބ. ދަރަވަންދޫ، ތ. ގުރައިދޫ، ށ. ކޮމަންޑޫ، ށ. ފުނަދޫ، ހދ. ނޮޅިވަރަމްގެ އިތުރުން ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓަށެވެ.
އިޢުލާނުގައިވާ ގޮތުން މެޖިސްޓްރޭޓުން ހޯދަނީ ދ. ކުޑަހުވަދޫ އަދި ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށެވެ.
އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.
އިސް މެޖިސްޓްރޭޓަކަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 25،600ރ. ލިބިވަޑައިގަންވާއިރު މެޖިސްޓްރޭޓަކަށް މަހަކު 23،450ރ. ލިބިވަޑައިގަންނަވާނެ އެވެ.