އޭދަފުށީ ބަނަފްސާ ކަންމަތި (ބީކޭ) ގްރޫޕުން އަންނަ ބޮޑު އީދު ބަންދުގައި”އޭދަފުށި ބައިބަލާ 1443″ ގެ ނަމުގައި ބައިބަލާ މުބާރާތެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
ބައިބަލާ މުބާރާތުން އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ބީކޭ ގްރޫޕުން ބުނީ މި މުބާރާތުގައި ބ. އަތޮޅުގެ ކޮންމެ ރަށަކަށްވެސް ޓީމުތައް ނެރެވޭނެ ކަމަށެވެ.
ބީކޭ އިން ބުނީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ހަފްތާ މުޅި އަތޮޅަށް ހުޅުވާލާނެ ކަމަށެވެ. މުބާރާތް ކުރިއަށްދާނީ އޭދަފުށީ ދެކުނު ފަރާތު ހިއްކި ބިމުގަ އެވެ.
ބީކޭއިން ބުނީ މުބާރާތުގެ ފޯރި މިހާރު ވެސް ފެންނަ ކަމަށާއި މިކަމަށް އޭދަފުށީގެ ހުރިހާ ކްލަބް ޖަމިއްޔާތަކާއި ރަށު ކައުންސިލުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށެވެ.
މި މުބާރާތް ސްޕޮންސާ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. އިތުރު މައުލޫމާތު ހޯއްދެއްވުމަށްޓަކައި 9904645، 7832072 ފޯނާ ގުޅުއްވުމަށް ބީކޭ ގްރޫޕުން އެދެއެވެ.
މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ބީކޭގެ ފޭސްބުކް ޕޭޖް (https://www.facebook.com/banafsaakanmathi) މެދުވެރިކޮށް ލިބޭނެ ކަމަށް އެ ގްރޫޕުން ބުނެ އެވެ.