މި އަހަރު އަޟްހާ އީދު ފާހަގަ ކުރުމުގެ ގޮތުން ބ. އަތޮޅުގެ ތިން ރަށެއް ހިމެނޭހެން ޖުމްލަ 18 ރަށެއްގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
އީދުގައި ހަވާއެރުވުމަށް ހަމަޖެހިފައިވާ ތިން ރަށަކީ ދަރަވަންދު އާއި އޭދަފުށިގެ އިތުރުން ފުޅަދޫގަ އެވެ.
ބ. އަތޮޅުގެ މި ތިން ރަށުގެ އިތުރުން ދެން ހަވާ އެރުވުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ނ. ވެލިދޫ، ނ. ހޮޅުދޫ، ނ. ފޮއްދޫ، ރ. މާކުރަތު، ކ. ދިއްފުށި، ކ. ގުރައިދޫ، ކ. ހިއްމަފުށި، ކ. ގާފަރު، އއ. ތޮއްޑޫ، އއ. އުކުޅަސް، ގދ. ފިޔޯރީގެ އިތުރުން ސ. ހިތަދޫ އެވެ.
އެމްއެންޑީއެފުން ވިދާޅުވީ އެ މުއައްސާއިން ރާވައިގެން، މިއަހަރުގެ އަޟްޙާ ޢީދުގައި ހަވާ ނާރުވާނެކަމަށެވެ. ނަމަވެސް ވިޔަފާރި އުސޫލުން ހަވާ އެރުވުމަށް 18 ރަށަކުން ސިފްކޯގައި އެދިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.