ބ. އަތޮޅު ފަޅުރަށެއްކަމަށްވާ އުނޑޫދޫގައި ބަންގަލަދޭސްގެ ދެ ބިދޭސީއެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އެކަކު ގަޔަށް ވަޅި ހަރައި ފުންކޮށް ޒަހަމުކޮށްލައިފި އެވެ.
ބ. އަތޮޅު ހޮސްޕިޓަލުން ބުނީ އެ ހާދިސާގައި އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރައިފައިވާ ކަމަށެވެ. އަދި އޭނާގެ ބަނޑަށް ވަޅިހަރައި ފުންކޮށް ޒަހަމުކޮށްލުމުގެ ސަބަބުން އޭނާގެ ގޮހޮރު ވެސް އޮތީ ނުކުމެފައި ކަމަށް އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.
ބ. އަތޮޅު ހޮސްޕިޓަލުް ބުނީ އެ ބިދޭސީ މީހާ ހޮސްޕިޓަލަށް ގެނައިއިރު އޭނާގެ ހާލު ވަރަށް ސީރިއަސް އެވެ. ނަމަވެސް ރޭ ފަސް ގަޑިއިރުގެ އޮޕަރޭޝަނަކަށް ފަހު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
ފުލުހުން ބުނީ ރޭގެ ވަގުތެއްގައި ހިނގި މާރަމާރީއަކާ ގުޅިގެން އުމުރުން 43 އަހަރުގެ ބިދޭސީއެއް ހައްޔަރު ކޮށްފައިވާ ކަމަށެވެ.