ރާއްޖޭގެ މޫސުން ގޯސްވުމާ ގުޅިގެން ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް މެޓު އޮފީހުން ޔެލޯ އެލާޓް ނެރެފި އެވެ.
މެޓުން އޮފީހުން ބުނީ، ހއ. އާއި ފ. އަތޮޅާ ދެމެދުގެ ސަރަހައްދަށް މޫސުން ގޯސްވާނެތީ މިރޭ :9:30 އާ ހަމައަށް ޔެލޯ އެލާޓް ނެރެފައިވާ ކަމަށެވެ.
ހުޅަނގު މޫސުމުގެ މި ވިއްސާރައިގައި ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް މެޓުން ލަފާ ކުރެ އެވެ. އެގޮތުން ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ލަފާކުރެ އެވެ. އެހެންކަމުން ކަނޑުތައް ވެސް ގަދަވާނެ އެވެ.
ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުފަތުރުކުރާ މީހުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކުރެ އެވެ.