ބީއެމްއެލް އިންޓަނޭޝަނަލް މަނީ ޓްރާންސަރ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.
މި ޕްރޮމޯޝަންގައި މި ހިދުމަތް ބޭނުންކުރާ ކޮންމެ ކަސްޓަމަރަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މި ޕްރޮމޯޝަން ކުރިޔަށް ދާނީ މިއަދުން ފެށިގެން 31 ޑިސެންބަރުގެ ނިޔަލަށެވެ.
މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް ލިބޭ އިނާމު
- ކޮންމެ ދެހަފްތާއަކުން ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް އައިފޯން 13 ޕްރޯ
- ޕްރޮމޯޝަނުގެ ބޮޑު އިނާމު: ލަގްޒަރީ ރިސޯޓަކުން ދެމީހަކަށް އޯލް އިންކްލޫސިވް ޕްކޭޖެއް
މި ޕްރޮމޯޝަން އާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް އިން ލިބޭނެއެވެ.