ބ. އަތޮޅުގެ ހަތަރު ފިނޮޅެއް ކުއްޔަށްދީފި

ބ. އަތޮޅުގެ ފިނޮޅެއް

ބ. އަތޮޅުގެ ހަތަރު ފިނޮޅެއް ވަގުތީގޮތުން ބެލެހެއްޓުމަށް ތިން ފަރާތަކާ ހަވާލުކޮށްފި އެވެ.

ބ. އަތޮޅު ކައުންސިލުން ބުނީ، އެ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮތް ހަތަރު ފިނޮޅެއް އެއް އަހަރު ދުވަހަށް ވަގުތީގޮތުން ބެލެހެއްޓުމަށް ތިން ފަރާތަކަށް މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ.

ބ. އަތޮޅު ނުރައުފުރިފަރ ފިނޮޅު ބެލެހެއްޓުމަށް ކުންފުންޏަކާއެކު އަތޮޅު ކައުންސިލުން ސޮއިކުރަނީ

ކައުންސިލުން ބުނިގޮތުގައި އެއް އަހަރު ދުވަހުގެ ނިޔަލަށް އެ ފިނޮޅުތައް ބެލެހެއްޓުމަށް މިއަދު ހަވާލުކުރީ ލަނޑާގިރާވަރު ޕްރައިވެޓް ލިމިޓެޑަށާއި ތިލަދޫ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް އަދި އެމްޕަޔަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށެވެ.

ބ. އަތޮޅު ވިލިގިލިފަރު ފިނޮޅު ބެލެހެއްޓުމަށް ކުންފުންޏަކާއެކު އަތޮޅު ކައުންސިލުން ސޮއިކުރަނީ

ވަގުތީގޮތުން ބެލެހެއްޓުމަށް ހަވާލުކުރި ފިނޮޅުތަކަކީ ގިރާވަރު ދެ ފިނޮޅާއި ވިލިގިލިފަރު ފިނޮޅު އަދި ނުރައުފުރިފަރު ފިނޮޅެވެ.

މީގެ ތެރެއިން ގިރާވަރު ދެ ފިނޮޅު ބެލެހެއްޓުމަށް ލަނޑާގިރާވަރު ރިސޯޓާ ހަވާލުކުރީ 1.8 މިލިއަން ރުފިޔާއަށެވެ. ވިލިގިލިފަރު ފިނޮޅު 360،000 އަށް އެމްޕަޔަރ އިންވެސްޓްމަންޓާ ހަވާޅުކުރިއިރު ނުރައުފުރިފަރު ތިލަދޫ ރިސޯޓްސްއާ ހަވާލުކުރީ 127،492.56 ރުފިޔާ އަށެވެ. މިއަތޮޅު ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ފިނޮޅުތައް ކުއްޔަށްދީގެން އަހަރަކު 2.5 މިލިއަންރުފިޔާގެ އާމްދަނީއެއް ހޯދުމަށް އެ ކައުންސިލުން ވަނީ އަމާޒު ހިފައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.