ބީއެމްއެލް އިން 10 ރަށެއްގެ ސެން ކްލާހަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ 10 ސްކޫލެއްގައި ހިންގާ ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ކްލާސްތަކުގައި ކުދިންނަށް ކިޔަވާދިނުމަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފި އެވެ.

ބޭންކުގެ ސީއެސްއާރު ސްޓްރެޓެޖީގެ ދަށުން ހާއްސަ އިސްކަމެއް ދީގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމަށް ހަދިޔާކުރެވެނު އާލާތްތަކަކީ ކުދިންގެ ގާބިލުކަމާއި، އެހެން މިހުންނާއި ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރި ވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އެކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ވަސީލަތްތަކެކެވެ.

ބީއެމްއެލްގެ މި އެހީގެ ސަބަބުން، ސްޕެޝަލް އެޑިޔުކޭޝަން ނީޑްސް (ސެން) ކްލާސްތަކުގައި ކިޔަވައިދޭން އިތުރަށް ފަސޭހަތަކެއް ލިބޭނެ އެވެ. އެ ސްކޫލްތަކުގެ ސެން ކްލާސްތަކުގައި ގާތްގަޑަކަށް 260 އެއްހާ ކުދިން އަންނަނީ ތައުލީމް ހާސިލްކުރަމުންނެވެ.

ތަކެތި ހަދިޔާ ކުރެވުނު ސްކޫލްތަކަކީ:

  1. މުލަކު ސްކޫލް، މ. މުލައް
  2. މަރަދޫ ސްކޫލް، ސ. މަރަދޫ
  3. މާވަށު ސްކޫލް، ލ. މާވަށް
  4. ވޭމަންޑޫ ސްކޫލް، ތ. ވޭމަންޑޫ
  5. ގއ. އެޑިއުކޭޝަން ސެންޓަރ، ގއ. ވިލިގިނލި
  6. ތ. އަތޮޅު އެޑިއުކޭޝަން ސެންޓަރ، ތ. ތިމަރަފުށި
  7. ހަނިމާދޫ ސްކޫލް، ހދ. ހަނިމާދޫ
  8. ހދ. އަތޮޅު ސްކޫލް، ހދ. ވައިކަރަދޫ
  9. ނ. އަތޮޅު އެޑިއުކޭޝަން ސެންޓަރ، ނ. ވެލިދޫ
  10. ނޮޅިވަރަންފަރު ސްކޫލް، ހދ. ނޮޅިވަރަންފަރު

މިވޭތުވެދިޔަ ތިން އަހަރު ތެރޭ ބީއެމްއެލް އިން ވަނީ ރާއްޖޭގެ 30 ސްކޫލެއްގައި ހިންގާ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.