ފިޝަރީޒް މިނިސްޓްރީން ބ. އަތޮޅުގައި އިތުރު ކަނދުފައްޗެއް އަޅައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނިގޮތުގައި މި ކަނދުފަތި އަޅާފައިވަނީ ބ. ކަށިފުށީގެ ހުޅަނގުން 9 މޭލު ބޭރުންނެވެ.
ބ. އަތޮޅުގެ އިތުރުން ޅ. އަތޮޅުގެ ދެ ސަރަހައްދެއްގައި ވެސް ވަނީ އަލަށް ކަނދުފަތި އަޅައިފަ އެވެ. އެއީ ޅ. ފާދޫގެ އިރު އުތުރުން 10.25 މޭލު ބޭރުގައާއި، އެ އަތޮޅު ރަތްރުއް ހުރާގެ އިރުން 30 މޭލުގައި ބޭރުގައެވެ.
ސަރުކާރުން ރާއްޖޭގެ ކަނޑުގެ އެކި ސަރަހައްދުގައި އަޅާފައިވާ އޮއިވާލި ކަނދުފަތީގެ ވިއުގަ އަކީ ދޮށީގެ މަސްވެރިކަންކުރާ އުޅަނދުފަހަރަށް ހާއްސަކޮށްފައިވާ އެއްޗިއްސެވެ. ކަނދުފަތީގެ ވިއުގަ ބަލަހައްޓަނީ ދައުލަތުން ބޮޑެތި ހަރަދުތަކެއް ކޮށްގެންނެވެ.
މަސްވެރިކަމުގެ ގަވާއިދުގައި ބުނާ ގޮތުން އޮއިވާލި ކަނދުފަތިތަކުގެ ތިން މޭލު ކައިރީގައި ދިރޭ އެން ޖަހައި އަޑިއަށް ފައްތައިގެން މަސްވެރިކަން ކުރުމާއި، ވަދު އަޅައިގެން މަސްވެރިކަން ކުރުމާއި ކަނދުފަތީގެ މަސްވެރިކަމަށް ގެއްލުން ލިބޭފަދަ އެއްވެސް އަމަލެއް ހިންގުމަކީ މަނާކަމެކެވެ.
ފިޝަރީޒް މިނިސްޓްރީން ވަނީ މިހާތަނަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 100 އަށްވުރެ ގިނަ ވަދު ކަނދުފަތި ޤާއިމްކޮށްފައެވެ.