ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެޓޯލް އީސްޕޯޓްސް ލީގް އުރީދޫ ނޭޝަން އިން ފަށައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އީސްޕޯޓްސް ލީގު ކަމަށްވާ އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގު 2025 އޮގަސްޓް 20 ގައި ފަށައިފި އެވެ.

ޖުމްލަ 49 ޓީމް މި މުބާރާތުގައި ބައިވެރިވާއިރު މިއީ 16 އަތޮޅެއްގެ 35 ރަށްރަށައް ނިސްބަތްވާ ޓީމުތަކެވެ. އުރީދޫއިން ބުނީ، 50،000 ރުފިޔާގެ ޕްރައިޒް ޕޫލެއް ކަނޑައެޅިފައިވާ މި ލީގުގައި ކުޅޭނީ ޕަބްޖީ މޮބައިލް ކަމަށެވެ. އަދި ހުރިހާ މެޗުތައްވެސް ކުޅެވޭނީ އޮންލައިންކޮށް ކަމަށްވެސް އުރީދޫއިން ބުނެފައިވެ އެވެ.

ޕްރައިޒް ޕޫލް ބެހިފައިވާގޮތް:

  • 1 ވަނަ: 25،000 ރުފިޔާ
  • 2 ވަނަ: 12،000 ރުފިޔާ
  • 3 ވަނަ: 6،000 ރުފިޔާ
  • 4 ވަނަ: 3،000 ރުފިޔާ
  • އެމްވީޕީ: 4،000 ރުފިޔާ

އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގުން ރަމްޒުކޮށްދެނީ ރާއްޖޭގެ ގޭމް ކުޅޭ ކުޅުންތެރިން ގައުމީ ފެންވަރުގައި ގުޅާލައި، ވާދަކޮށް، އެ މީހުންގެ ހުނަރު ދައްކާލުން ކަމަށް އުރީދޫއިން ބުނެފައިވެ އެވެ. ރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ކުޅުންތެރިންނަށްވެސް ބައިވެރިވެވޭނެހެން ރާވާފައިވާ މިލީގަކީ ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް އީސްޕޯޓްސް ކޮމިއުނިޓީ އެއްތަންކޮށް، ޒުވާނުންނަށް ކުރިއަށްދެވޭނެ އިތުރު މަގުތައް ހޯދައިދޭނެ ލީގެއް ކަމަށް އުރީދޫއިން ބުނެ އެވެ.

އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގަށް ރާއްޖޭގެ އެކި ރަށްރަށާއި އަތޮޅުތަކުން ފާހަގަކޮށްލެވޭ ލައިންއަޕެއް ލިބިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ:

  • އއ އަތޮޅު: މާޅޮސް އެމްއެސްސީ، ތޮއްޑޫ އެޕެކްސް ލެޖެންޑްސް، އުކުޅަސް އެޗްއެންޓީއާރް
  • އދ އަތޮޅު: އޮމަދޫ ޑާކް ކޭމްޕަރ، އޮމަދޫ އައިސް، އޮމަދޫ ސްނޭކް
  • ބ. އަތޮޅު: ގޮއިދޫ ގަބުޅި، ގޮއިދޫ ކުރޯޅި، ކުޑަރިކިލު ސީއެންޑީ އެޕެކްސް، ކުޑަރިކިލު ކަމިކާޒޭ، ޓީމް ކުޑަރިކިލު، ތުޅާދޫ އެފް12
  • ދ. އެތޮޅު: ބަނޑިދޫ ޑީއެމްޓީ، ހުޅުދެލި ބީއެލްކޭ، ހުޅުދެލި އީކިއުޒެޑް
  • ފ އަތޮޅު: ފީއަލީ އޭޑީވީވައި، ފީއަލިއަންސް، ޓީމް ބިލެއްދޫ
  • ޏ/ގއ އަތޮޅު: އައްޑޫ ސިޓީ އެސްއޯއެލް، އެފްވީއެމް ސިޓީ އޭކޭޒެޑް، އެފްވީއެމް ސިޓީ އަންޓެއިކޫ، އެފްވީއެމް ސިޓީ ޓީއާރްއެފް ޓައިޓަންސް، ގެމަނަ ލީޖިއަންސް
  • ހއ އެޓޯލް: ދިއްދޫ އެލްއެފް، މާރަންދޫ، މުރައިދޫ ޓީއެމް4 ، ޓީމް އުލިގަމް
  • ހދ. އަތޮޅު: ނޭކުރެންދޫ ، ޓީމު ހިރި
  • ކ. އަތޮޅު: އެޗް އެލް އެމް އެލް ނެޗުރަލީ ލީތަލް، ހުރާ ފެނެޓިކް، މާލެ މޮރިގަން، ތުލުސްދޫ ފެލްކަންސް
  • ލ. އަތޮޅު: ފޮނަދޫ ޑީއެމްޒެޑް، އިސްދޫ ސީއެލްއެކްސް
  • ޅ އަތޮޅު: ހިންނަވަރު ސީއެންޑީ، ނައިފަރު ބެސާކް، ނައިފަރު ޔޫރަޕް، ޓީމް ނައިފަރު
  • ރ އަތޮޅު: މާކުރަތު އެކްސްއެންޓީއާރްއެކްސް، މަޑުއްވަރީ ކެޒް ކްރޫ، މަޑުއްވަރީ އެކްސްއެލްއެން

އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގު 2025 ގެ އެންމެ ފަހުގެ ޚަބަރުތަކާއި، މެޗު ޝެޑިއުލްތަކާއި ހައިލައިޓްސްތަކާ އެކު އުރީދޫ ނޭޝަންގެ ރަސްމީ ސޯޝަލް މީޑިއާ އިން ލިބިގެންދާނެ ކަމަށާއި، ހުރިހާ މެޗެއް ވެސް އުރީދޫ ނޭޝަން ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްސްޓްރީމްކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގޭމިންއަށް ޝައުގުވެރިވާ ފަރާތްތަކަށް ރިއަލް ޓައިމްގައި ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.