އިންޑިއާ ކަނޑުގެ ލީޑިން ރިސޯޓުގެ އެވޯޑު ބ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ ވައްކަރު މޯލްޑިވްސްއަށް ލިބިއްޖެ އެވެ.
މިއީ ވައްކަރު މޯލްޑިވްސްއަށް މި އެވޯޑް ޖެހިޖެހިގެން ލިބުނު ހަތަރުވަނަ އަހަރެވެ. ވޯލްޑް ޓްރެވެލް އެވޯޑްސްގައި އިންޑިއާ ކަނޑުގެ ޓޫރިޒަމް ކެޓަގަރީތަކުން ރާއްޖޭގެ 14 ރިސޯޓަކަށް އެވޯޑް ވަނީ ލިބިފައެވެ.
ވައްކަރު މޯލްޑިވްސް އަށް ލިބުނު އެވޯޑުތައް
- އިންޑިއަން އޯޝަންސް ލީޑިން ރިސޯޓް 2023
- އިންޑިއަން އޯޝަންސް ލީޑިން ހޮޓެލް ސޫޓް 2023
ލީޑިން ޑެސްޓިނޭޝަނުގެ އިތުރުން އިންޑިއާ ކަނޑުގެ ކެޓަގަރީން ވެސް ރާއްޖެއަށް ވަނީ އެވޯޑުތައް ލިބިފަ އެވެ. އެގޮތުން ޖުމުލަ 23 އެވޯޑު ރާއްޖެ އަށް ލިބިފައިވާއިރު، އިންޑިއާ ކަނޑުގެ ފަތުރުވެރިކަމުގައި ލީޑިން ޑައިވް ޑެސްޓިނޭޝަނާއި ލީޑިން ބީޗް ޑެސްޓިނޭޝަން އަދި ލީޑިން ޑެސްޓިނޭޝަންގެ އެވޯޑުވެސް ލިބިފައި ވަނީ ރާއްޖެއަށެވެ.