ބިދޭސީއެއްގެ ފުރާނަ ސަލާމަތްކުރި ދެ މީހެއްގެ އަގުވަޒަންކޮށްފި

ނާޝިދު އަގު ވަޒަން ކުރުމުގެ ގޮތުން، ޗީފް އިންސްޕެކްޓާރ އޮފް ޕޮލިސް އަފްރާ، އޭނާ އަށް އިއްޔެ މެޑަލް ދެއްވަނީ.—ފޮޓޯ: ޕޮލިސް

ބ. އޭދަފުށީ ފަޅުތެރެއަށް ވެއްޓުނު ބިދޭސީއެއްގެ ފުރާނަ ސަލާމަތްކުރި ދެ ފަރާތަކަށް ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ބ. އަތޮޅު ފުލުހުން ހަނދާނީ މެޑައްޔެއް ދީފި އެވެ.

ނޯތު ޕޮލިސް ޑިވިޜަންގެ ބ. އަތޮޅު ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަފްރާ އާދަމް ވަނީ، ބިދޭސީ މީހާ ސަލާމަތްކޮށްދިން އޭދަފުށީ އަބްދުލް ހައްނާން އިބްރާހިމް އަދި މުހައްމަދު ނާޝިދާ އިއްޔެ ބައްދަލުކުރައްވައިފަ އެވެ. މި ދެ ފަރާތާ ވަކިވަކިން ބައްދަލުކުރައްވާ “މެޑެލް އޮފް ބްރޭވަރީ” ހަވާލުކުރެއްވީ އަފްރާ އެވެ.

ހަންނާނުގެ އަގު ވަޒަން ކުރުމުގެ ގޮތުން، ޗީފް އިންސްޕެކްޓާރ އޮފް ޕޮލިސް އަފްރާ، އޭނާ އަށް އިއްޔެ މެޑަލް ދެއްވަނީ.—ފޮޓޯ: ޕޮލިސް

ހަންނާނު އާއި ނާޝިދު އެހީވެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 9 ވަނަ ދުވަހުގެ ހަވީރު 6:30 ހާއިރު އޭދަފުށީ ބަނދަރުމަތިން ހިނގާފައި ދަނިކޮށް ފަޅުތެރެއަށް ވެއްޓުނު ބިދޭސީ އަންހެނެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަށެވެ.

ބ. އަތޮޅު ފުލުހުން ބުނީ އެ ދެ ފަރާތުން ވަނީ އަމިއްލަ ފުރާނައަށް ބެލުމެއްނެތި މި ނުރައްކާތެރި ހާދިސާގައި ބިދޭސީ މީހާގެ ފުރާނަ ސަލާމަތްކޮށްދީފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.