އޭދަފުށީ ބެޑްމިންޓަން ކޯޗުން މެލޭޝިޔާގައި ޓްރޭނިން ޕްރޮގްރާމެއްގައި

ރިވައިވަލް ސްޕޯޓްސް އޭދަފުށީގެ ބެޑްމިންޓަން ކޯޗުން މެލޭޝިއާގައި ހިންގާ “ސްޓްރެންތެނިންގ އެންޑް ކޮންޑިޝަނިންގ” ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވެއްޖެއެވެ.

މެލޭޝިއާގެ އޭޝިއާ ބެޑްމިންޓަން އެކަޑަމީގައި ކުރިއަށްގެންދާ މި ޓްރެއިނިން ކޭމްޕްގައި ރިވައިވަލްގެ ސްޕޯޓްސް އޭދަފުށި ބެޑްމިންޓަން އެކަޑަމީގެ ހަތް ކޯޗުން ބައިވެރިވެ އެވެ.

ރިވައިވަލް ސްޕޯޓްސް އޭދަފުށީ ބެޑްމިންޓަން އެކަޑަމީން ބުނިގޮތުގައި މި ޓްރޭނިން ޕްރޮގްރާމަކީ މެލޭޝިއާގެ އޭޝިއާ ބާޑްމިންޓަން އެކަޑަމީ އާއި ރިވައިވަލް އޭދަފުށި ބެޑްމިންޓަން އެކަޑަމީ ގުޅިގެން ހިންގާ ޓްރޭނިން އެކެވެ.

މި ޕްރޮގްރާމްގެ ސަބަބުން ބެޑްމިންޓަން ކޯޗުންނަށާއި ކުޅުންތެރިންނަށް ހަށިގަނޑުގެ ފިޓްނަސް ރަނގަޅުކުރުމަށް ބޭނުންވާ ޒަމާނީ ހުނަރުތައް ލިބިގެންދާނެއެވެ. އަދި މި ތަމްރީނުން ދަސްވާ ކަންތައްތައް އޭދަފުށީގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިންނާ ހިއްސާކޮށް، ރާއްޖޭގެ ބެޑްމިންޓަން ކުޅުމުގެ ފެންވަރު މަތިކުރުމަށް މަގުފަހިވެގެންދާނެކަމަށް ކަމަށް ވެސް ރިވައިވަލް އޭދަފުށީ ބެޑްމިންޓަން އެކަޑަމީން ބުނެއެވެ.

މީގެ އިތުރުން މި ޕްރޮގްރާމުގެ ސަބަބުން ކޯޗުންގެ ފެންވަރު ރަނގަޅުވެ، ބައިނަލްއަޤްވާމީ ފެންވަރުގެ ހުނަރުތައް ރިވައިވަލްސް އޭދަދސފުށީ ބެޑްމިންޓަން ކުޅުންތެރިންނަށް ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެ އެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.