ވޯލްޑް ފުޓްބޯލް ޑޭ ފާހަގަކުރުމަށް އޭދަފުށީގައި ފުޓްބޯލް ފެސްޓިވަލެއް ބާއްވައިފި

ވޯލްޑް ފުޓްބޯލް ޑޭގެ ފާހަގަކުރުމަށް އޭދަފުށީގައި އިއްޔޭ ބޭއްވި ފުޓްބޯލް ފެސްޓިވަލުގެ ތެރެއިން – ފޮޓޯތައް / ރަޔާން ފޮޓޯސް

ބައިނަލް އަގްވާމީ ފުޓްބޯޅައިގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އޭދަފުށީގައި ކުލަގަދަ ފުޓްބޯލް ފެސްޓިވަލެއް ބާއްވައިފި އެވެ.

އާޖީލަކަށް އޭދަފުށި ފުޓްބޯލް އެކަޑަމީން އިންތިޒާމުކޮށްގެން ބޭއްވި މި ފެސްޓިވަލަކީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އާއި އޭދަފުށި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ އަދި އޭދަފުށީ ކައުންސިލިާއި ރަށޫގެ ކްލަބް ޖަމިއްޔާތަށް ގުޅިގެން ބޭއްވި ހަރަކާތެކެވެ.

ވޯލްޑް ފުޓްބޯލް ޑޭގެ ފާހަގަކުރުމަށް އޭދަފުށީގައި އިއްޔޭ ބޭއްވި ފުޓްބޯލް ފެސްޓިވަލުގެ ތެރެއިން – ފޮޓޯތައް / ރަޔާން ފޮޓޯސް

އެންމެން އެކުވެ، އެއްތާކުން ފުޓުބޯޅައިގެ އުފާވެރިކަން ލިބިގަނެ، ފުޓްބޯޅައަށް ޝައުޤުވެރިކަން އުފެއްދުމަށް ބޭއްވި މި ފެސްޓިވަލްގައި ގިނަ އަދަދެއްގެ ކުދިން ބައިވެރިވި އެވެ. ފެސްޓިވަލްގައި ތަފާތު އުމުރުފުރާތަކުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން އެކި ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވެއެވެ.

ވޯލްޑް ފުޓްބޯލް ޑޭގެ ފާހަގަކުރުމަށް އޭދަފުށީގައި އިއްޔޭ ބޭއްވި ފުޓްބޯލް ފެސްޓިވަލުގެ ތެރެއިން – ފޮޓޯތައް / ރަޔާން ފޮޓޯސް

މި ފެސްޓިވަލްގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންގެ މެދުގައި ފުޓްބޯޅަ ކުޅިވަރަށް ޝައުޤުވެރިކަން އިތުރުކޮށް، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ހިތްވަރުދިނުމެވެ. އަދި މުޖުތަމަޢުގެ އެކި ފަރާތްތައް އެއް ތަނަކަށް ގެނެސް، އެކުވެރިކަން ބަދަހިކުރުމެވެ.

ވޯލްޑް ފުޓްބޯލް ޑޭގެ ފާހަގަކުރުމަށް އޭދަފުށީގައި އިއްޔޭ ބޭއްވި ފުޓްބޯލް ފެސްޓިވަލުގެ ތެރެއިން – ފޮޓޯތައް / ރަޔާން ފޮޓޯސް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.