ޕަބްލިކް ވޯކްސް ޔުނިޓުތައް 14 ރަށެއްގައި ގާއިމުކުރަނީ

ބ. އޭދަފުށި ހިމެނޭގޮތަށް ޕަބްލިކް ވާކްސް ޔުނިޓް ޤާއިމުކުރާނެ އިތުރު ރަށްތަކެއް ކަނޑައަޅާ އެކަން މިއަދު ޢިއުލާނު ކޮށްފި އެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާ އިން ބުނީ މި ރަށްތައް ކަނޑައެޅުމުގައި ޢާންމު މިންގަނޑެއް ކަމަށް ބަލާފައިވާނީ އަތޮޅުގެ އަތޮޅު ކައުންސިލް ހިންގާ ރަށްރަށް ކަމަށެވެ.

މިގޮތުން ޕަބްލިކް ވާރކްސްގެ ޔުނިޓުތައް ޤާއިމުކުރުމަށް ނިންމާފައިވަނީ ހއ. ދިއްދޫ، ށ. ފުނަދޫ، ނ. މަނަދޫ، ރ. މާކުރަތު، ބ. އޭދަފުށި، ޅ. ނައިފަރު، ކ. ތުލުސްދޫ، އއ. ރަސްދޫ، އދ. މަހިބަދޫ، ވ. ފެލިދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ތ. ވޭމަންޑޫ، ގއ. ވިލިނގިލި ގައި ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ސަރުކާރުގެ މި ނިންމެވުމާއި ގުޅިގެން ޢާންމު ޚިދުމަތްދޭ ޔުނިޓްތައް ޤާއިމު ކުރުމަށް ބޭނުންވާ މީހުންނާއި ވަޞީލަތްތައް ހޯދުމުގެ އިދާރީ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރައްޔިތުންނާއި ގާތުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޢާންމު ޚިދުމަތް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ނިންމެވުމުގެ ދަށުން ރަށްރަށުގެ މަގުތައް މަރާމާތު ކުރުމާއި ވެލިމަގު ހެދުމާއި އަލަށް އާބާދުވާ ސަރަޙައްދުތަކުގައި ހަދަން ޖެހޭ މަގުތައް ހެދުމަށްޓަކާ ނަގަންޖެހޭ ރުއްގަސް ނެގުމާއި ޗަކަ ބިންތަކަށް ވެލިއަޅައި ބިންގަނޑު އެއްވަރުކުރުމާއި ކާނުތައް ސާފުކުރުން ފަދަ ޢާންމު ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެހިފައި ނެތް އަތޮޅުތަކުގެ ތެރެއިން މިހާތަނަށް ޢިއުލާނު ކުރެވި އޮތީ މި އަތޮޅުތަކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.