ގދ. އަތޮޅުގެ ހުރިހާ ރަށެއްގައި ވެސް ބީއެމްއެލްގެ އޭޓީއެމް ބަހައްޓައި ނިންމައިފި

ގދ. މަޑަވެއްޔަށް ބީއެމްއެލްގެ އޭޓީއެމް ތައާރަފު ކުރަން މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މުއްތަލިބާއި އެ ބޭންކުގެ އިސް ބައެއް ވެރިން ބައިވެރިވަޑައިގަންނަވަނީ.

“މުޅި ރާއްޖެ އަށް ބީއެމްއެލް އޭޓީއެމް” ގެ ނަމުގައި ހިންގާ ޕްރޮޖެކްޓުގެ ދަށުން ގދ. އަތޮޅުގެ ފަސް ރަށެއްގައި އޭޓީއެމްގެ ހިދުމަތް ތައާރަފުކޮށް، މުޅި އެ އަތޮޅަށް ރާއްޖޭގެ އެންމެ ބޮޑު ބޭންކުން އޭޓީއެމްގެ ހިދުމަތް ފުޅާކޮށްފި އެވެ.

ގދ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އިއްޔެ އޭޓީއެމްގެ ހިދުމަތް ފެށީ މަޑަވެލީގަ އެވެ.

އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ، މިއީ ރައްޔިތުނަށް ފަސޭހައިން ވާސިލުވެވޭނެ ބޭންކިން ހިދުމަތެއް ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ކުރާ މަސައްކަތްތަކަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

“އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުން މިދަނީ ރާއްޖޭގެ މުޖުތަމައުތަކަށް ވީހާ ވެސް ގާތުން ބޭންކުގެ ހިދުމަތް ފޯރުކޮށްދިނުމަށް. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމަކީ އެ މަގްސަދު ހާސިލްކުރުމަށް ކުރަމުންދާ އެންމެ މުހިންމު އެއް މަސައްކަތް،” އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އިން އަންނަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާ އެކު 20 އަތޮޅުގައި 42 ބްރާންޗާއި 181 ސެލްފްސާވިސް ބޭންކިން ސެންޓަރާއި 217 އޭޓީއެމް އާއި އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ދެމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.