އެއް ދުވަސް ތެރޭ ބޭބެ އާއި ކޮއްކޮ ނިޔާވުން؛ އޭދަފުއްޓަށް ބޮޑު ހިތާމައެއް

ބ. އޭދަފުށީގައި އިއްޔެ މިރަށުގެ ހިދުމަތްތެރިއެއް ކަމަށްވާ މުހައްމަދު އަލީ ނިޔާވިތާ 24 ގަޑިއިރު ނުވަނީސް އޭނާގެ ހަގަށް ހުންނަ އަންހެން ކޮއްކޮ އައިމިނަތު އަލީ މިއަދު ނިޔާވެއްޖެއެވެ.

އުމުރުން 91 އަހަރުގައި އިއްޔެ ހަވީރު ނިޔާވި މުހައްމަދު އަލީ އަކީ އޭދަފުށީގެ ލޭންޑްމާކެއްގެ ގޮތުގައި ބަލާ ހިތްގައިމު މިސްކިތް ބިނާކުރެއްވި ބޭފުޅެކެވެ. ޑޭޒީވިލާ، މުހައްމަދު އަލީ ނިޔާވީ އިންޑިއާގެ ޗެންނާއީގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާ ނިޔާވި އިރު 13 ދަރިން ދުނިޔޭގައި އެބަ ތިއްބެވެ.

މިއަދު ނިޔާވީ މުހައްމަދުގެ ހަގަށް ހުންނަ އަންހެން ކޮއްކޮ، އުމުރުން 85 އަހަރުގެ އައިމިނަތު އަލީ އެވެ. އޭނާ ނިޔާވީ ފައި ބިނދިގެން އުޅޭތާ އަށެއްކަ އަހަރަށް ފަހު، ބަލިވެ އުޅުމަށް ފަހު އެވެ. ފައި ބިންދައިގެން ދިއުމުން އޮޕަރޭޝަން ކުރި ނަމަވެސް އުމުރުން ދުވަސްވުމުގެ ސަބަބުން ދިމާވި އެކި މައްސަލަތަކާ ހެދި އައިމިނަތު އޮތީ އެނދުމަތިވެފައި ކަމަށް އާއިލާއިން ބުނެއެވެ.

ހަތަރު ކުދިންގެ މަންމަ އައިމިނަތު ނިޔާވިއިރު، އެ އާއިލާގެ ގިނަ މީހުން ތިބީ މުހައްމަދުގެ ޖަނާޒާއަށް ބައިވެރިވުމަށް އިންޑިއާގައި ކަމަށް ވެއެވެ.

އެހެންކަމުން މި ދެބެންގެ ވަކިވުމަކީ އާއިލާއަށް އަދި އޭދަފުށީގެ ރައްޔިތުންނަށް ލިބުނު ބޮޑު ހިތާމައެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.