ދުނިޔޭގެ މަޝްހޫރު މަޖައްލާއެެއް ކަމުގައިވާ ޓައިމްސް މަޖައްލާއިން ހޮވާ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ސަތޭކަ މީހުންގެ ތެރޭގައި ބޮލީވުޑްގެ އެކްޓަރ އާމިރުޚާން ހިމަނައިފި އެވެ.
ބޮލީވުޑްގެ އެންމެ ކުޅަދާނަ އެއް އެކްޓަރުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ އާމިރުޚާނަށް މި ލިސްޓުން ޖާގަ ލިބުނީ ޢާއްމުން ހޭލުންތެރިކުރުވުމުގެ ގޮތުން އުފެއްދި ޓީވީ ސިލްސިލާ “ސަތުޔަމޭވަ ޖަޔަތޭ” ގެ ސަބަބުން ނެވެ. އާމިރުޚާން ފިޔަވައި އިންޑިއާއިން މިިލިސްޓަށް ނަން އަރާފައިވަނީ ސެންޓްރަލް މިނިސްޓަރ ޗިތަމްބަރަމް އާއި ލޯޔަރ ރިންދާ ގްރޯވަރގެ އިތުރުން އިންޑޯ-އެމެރިކަން އެޓަރނީ ކަމަލާ ހަރިސް އަށެވެ.
މަޝްހޫރު މިއުޒިކް ޑައިރެކްޓަރ އޭ.އާރ،ރަޙްމާން ބުނިގޮތުގައި ޢާމިރަކީ ” ސީދާ ސީދަލަށް އޭނާ ބުނަން ބޭނުންވާ ވާހަކަ އެހެން މީހުންނާއި ދިމާލަށް ބުނާ މީހެއް ‘ ކަމަށާއި އެފަދަ ކަންކަމުގައި ޢާމިރުޚާން އެއްވެސް ގޮތަކަށް “ފަސްނުޖެހޭ’ ކަމަށެވެ. މިއުޒިކް ޑައިރެކްޓަރގެ މިވާހަކައިގާ ޢިޝާރާތް ކޮއްފައިވަނީ ‘ސަތުޔަމޭވަ ޖަޔަތޭ ‘ ގައި ޢާމިރުޚާން ހުށަހަޅައިދީފައިވާ އިޖްތިމާޢީ މައްސަލަތައް ބެލުންތެރިން ބަލައިގަންފާތީ އެވެ.
އެކްޓު ކުރުމުގައި ޢާމިރުޚާން ވަރުގެ ދެވަނަ މީހެއް ނެތް ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރާ އިރު، އޭނާ ކުރާ ކޮންމެ މަސައްކަތަކީ ބެލުންތެރިންގެ މަގުބޫލުކަމާއި ރުހުން ހޯދާފައިވާ އަދި ހޯދަމުން އަންނަ ކުޅަދާނަ ފަރާތެކެވެ.
މިހާރު ކޮންމެވެސް ވަރަކަށް އީޓީ އެބަ ރަނގަޅުވޭ. ކޮންމެ ދުވަހަކުވެސް ކޮންމެވެސް ހަބަރެއް ޖަހާކަން ފަހަގަ ކުރެވޭ. ހިތަށް އަރާ އެއްކަލަ ބޮޑު ސޯޅަ (އަފްރާ) އީޓީއާ އަލުން ގުލުނީބާއޭ. އަތޮޅުގެ މިކަހަލަ ހަބަރު ގެނެސްދިނުމަށް ސޯޅަ ތިޔަ ކުރާ ބުރަ މަސައްކަތައް ޝުކުރު އަދާކުރަން. ހީކުރަން ދެން ސޯޅަ ނުގެއްލޭނެކަމައް