ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް ދުވަސް ފާހަގަކުރަން ބ. އަތޮޅު ހޮސްޕިޓަލުން ހާއްސަ ހަރަކާތްތަކެއް ފަށައިފި އެވެ.
ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ދުނިޔޭގެ ކެންސަރު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސްކޫލު ދަރިވަރުންނަށާއި ޓީޗަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކުގެ އިތުރުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތަކެއް ބައެއް ރިސޯޓް ތަކާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށެވެ.
އެގޮތުން ޑުސިޓް ތާނީ މޯލްޑިވްސް ރިސޯޓްގެ މުވައްޒަފުންނަށް ހޭލުންތެރިކަން އިތުރުކުރުމުގެ ހަވީރެއް އިއްޔެ އެ ރިސޯޓްގައި ބާއްވާފައިވާ ކަމަށް އަތޮޅު ހޮސްޕިޓަލުން ބުންޏެވެ. އެ ހަވީރުގައި ރިސޯޓްގެ މުވައްޒަފުންނާ، ހޮސްޕިޓަލްގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމުގެ ފުޓްބޯޅަ ދެ މެޗް ކުޅެވަނީ ކުޅެފަ އެވެ.
މީގެ އިތުރުން މިއަދު ވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށާއި ޓީޗަރުންނަށް އެސެމްބްލީގައި ކެންސަރު ބައްޔާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް ހޮސްޕިޓަލުން ބުންޏެވެ.
އަދި މާދަމާ ސޮނެވާފުށީގައި ވެސް ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދާ ނިންމާފައިވާ ކަމަށްވެސް އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.
ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހެވެ.