ޒޯން މުބާރާތް އޭޕްރީލް 14 ގައި، މިފަހަރު ފައިނަލް މެޗު ކުޅޭނެ

މިދިޔަ އަހަރުގެ މިނިވަން ޗެންޕިއަންޝިޕްގެ ފައިނަލް  މެޗްގައި އޭދަފުއްޓާއި ތިމަރަފުށީ ކުޅެނީ | ފޮޓޯ:އިމޭޖްސް.އެމްވީ
މިދިޔަ އަހަރުގެ މިނިވަން ޗެންޕިއަންޝިޕްގެ ފައިނަލް މެޗްގައި އޭދަފުއްޓާއި ތިމަރަފުށީ ކުޅެނީ | ފޮޓޯ:އިމޭޖްސް.އެމްވީ

މުޅި ރާއްޖެއަށް ހުޅުވާލައިގެން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދާ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބ. އަތޮޅު ހިމެނޭ ޒޯންގެ މެޗުތައް އޭޕްރީލް 14 ގައި ކުޅޭ ގޮތަށް ނިންމައިފިއެވެ.

ޒޯން ތިނެއްގައި ބ. އަތޮޅާއެކު ހިމެނެނީ ރ. އަދި ޅ އަތޮޅެވެ.

މިދިޔަ އަހަރާ ހިލާފަށް މިއަހަރު ޗެމްޕިއަން ކަނޑައަޅާނީ ގްރޫޕްގެ އެއްވަނަ އަދި ދެވަނަ ޓީމުގެ މެދުގައި ކުޅެވޭ ފައިނަލް މެޗުންނެވެ. މިދިޔަ އަހަރުގެ މުބާރާތުގައި އަމިއްލަ ރަށުގައި ކުޅެ އޭދަފުށިން ޒޯން ޗެމްޕިއަންކަން ހޯދީ ގްރޫޕްގެ އެއްވަނަ ހޯދައިގެންނެވެ.

މިދިޔަ އަހަރުގެ ޒޯންގައި ވާދަކުރީ ބ. އަތޮޅު ޗެމްޕިއަން އޭދަފުއްޓާއި، ރ. އަތޮޅު ޗެމްޕިއަން އިންނަމާދޫގެ އިތުރުން ޅ. އަތޮޅު ޗެމްޕިއަން ނައިފަރެވެ. މިއަހަރުގެ މުބާރާތްވެސް ކުޅޭނީ އެންމެ ރަގަޅު ޕްރޮޕޯސަލް ހުށަހަޅާ ރަށެއްގައެވެ. ޒޯން ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 21 ވަނަ ދުވަހުއެވެ.

ރާއްޖޭގެ ފުޓްބޯޅަ ކަލަންޑަރަށް ގެނައި ބޮޑު ބަދަލާއެކު މިއަހަރު މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމަށް ދިވެހި ޕްރިމިއަރ ލީގުން ފުރުޞަތު ލިބޭނެއެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ތިމަރަފުށީގެ މައްޗަށް 1-0 އިން ކުރި ހޯދައި ޗެމްޕިއަންކަން ހޯދީ އޭދަފުއްޓެވެ.

ޒޯން 3 މެޗު ޝެޑިއުލް

ރ. އަތޮޅު ޗެމްޕިއަން – ބ. އަތޮޅު ޗެމްޕިއަން 14 އޭޕްރީލް 2017
ޅ. އަތޮޅު ޗެމްޕިއަން – ރ. އަތޮޅު ޗެމްޕިއަން 16 އޭޕްރީލް 2017
ބ. އަތޮޅު ޗެމްޕިއަން – ޅ. އަތޮޅު ޗެމްޕިއަން 18 އޭޕްރީލް 2017
ފައިނަލް 21 އޭޕްރީލް 2017

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.