ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ ލިބޭ ފުޓްބޯޅަ މުބާރާތެއް ބާއްވަނީ

މިނިވަން ޗެންޕިއަންޝިޕްގެ ޒޯން 3 ގައި މިއަދު އޭދަފުއްޓާއި އިންނަމާދޫ ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
އޭދަފުށީގައި ބޭއްވި ފުޓްބޯޅަ މުބާރާތެއްގެ ތެރެއިން. ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާލިބޭ މުބާރާތެއް މިއަދު ވަނީ އިއުލާންކޮށްފައި | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އޭދަފުށީ ޒުވާނުންގެ ކްލަބުން އިންތިޒާމްކޮށްގެން ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ ހުށަހަޅާފައިވާ އަގުބޮޑު ފުޓްބޯޅަ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

އެ ކްލަބުގެ ސީއީއޯ މުހައްމަދު ޒާހިދު (ބައްޓޭ) ބުނި ގޮތުގައި، މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ ހުށަހަޅާފައިވާ އަގުބޮޑު މުބާރާތެއް ބާއްވަން ނިންމީ ހާއްސަކޮށް ޒުވާން ކުޅުންތެރިންނަށް ފުރުސަތު ހޯދައިދީ، މުބާރާތުގެ ފޯރިގަދަ ކުރުމުގެ ގޮތުންނެވެ.

“މިހާރު އޭދަފުށީ ސީނިއާ ޓީމުގެ ގިނަ ކުޅުންތެރިންނަކީ ރިޓަޔާ ކުރާ ކުޅުންތެރިންނަށް ވުމާއެކު މީގެ އެންމެ ބޮޑު ބޭނުމަކީ ޒުވާން ކުޅުންތެރިންނަށް މި މުބާރާތުގައި ކުޅުމުގެ ފުރުސަތު ފަހިކޮށްދިނުން. އެގޮތުން މުބާރާތުގެ ގަވައިދަށް ބޮޑެތި އިސްލާމުތަކެއް ގެންނަން ވާނީ ވިސްނާފައި،” ބައްޓޭ ބުންޏެވެ.

ބައްޓޭ އޭދަފުށީ ޓީމަށް ކޯޗު ކޮށްދެނީ. އޭނާ ބުނގޮތުގައި މު މުބާރާތް ބާއްވަނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް-- ފޮޓޯ /  އައްޑޫ ލައިވް
ބައްޓޭ އޭދަފުށީ ޓީމަށް ކޯޗު ކޮށްދެނީ. އޭނާ ބުނިގޮތުގައި މު މުބާރާތް ބާއްވަނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް– ފޮޓޯ / އައްޑޫ ލައިވް

ޒުވާނުންގެ ކްލަބުން ބުނި ގޮތުގައި މިއަހަރުގެ ބޮޑު އީދާ ގުޅުވައިގެން ބާއްވާ މި މުބާރާތުގައި ވާދަކުރެވޭނީ އެ ކްލަބުން ދައުވަތުދޭ ޓީމުތަކަށެވެ.

އެގޮތުން އަންނަ ރޯދައިގެ ކުރިން މުބާރާތުގެ ގަވައިދު އަދި ދައުވަތު ދޭނެ ޓީމުތައް ކަނޑައަޅާނެ ކަމަށް އެ ކްލަބުން ބުންޏެވެ. ދައުވަތު ދޭނެ ޓީމުތަކުގެ ތެރޭގައި މި އަތޮޅުގެ ރަށްތަކުގެ އިތުރުން ރިސޯޓްތައް ހިމެނެ އެވެ.

ޗެމްޕިއަން ޓީމަށް އެއް ލައްކަ ރުފިޔާ ހުށަހަޅާފައިވާ މި މުބާރާތް ވެގެންދާނީ މިރަށުގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު އެއް ފުޓްބޯޅަ މުބާރާތަށެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. Tom

    ރަށްތަކަށް ދައުވަތު ދިނުން ރަނގަޅު. ނަމަވެސް ރިސޯޓް ތަކަށް ތައުވަތު ދިނުމަކީ މައްސަލައެއް. ސަބަބަކީ ބ.އަތޮޅުގެ ރިސޯޓް ތަކުގައި އޭދަފުށީގެ ކުޅުންތެރިން ގިނަވުން. އެހެން ވުމުގެ ސަބަބުން އޭދަފުށީގެ ޓީމުތަކަށް، ޓީމު ތައް އެކުލަވާލަން އުނދަގޫތަކެއް ވަރަށް ބޮޑަށް ކުރިމަތި ވާނެތީވެ. ބައްޓޭ މިކަމާއި ދޭތެރޭ ވަރަށް ބޮޑަށް ވިސަނާނެ ކަމަށް ހީކުރަން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.