
އޭދަފުށީ ޒުވާނުންގެ ކްލަބުން އިންތިޒާމްކޮށްގެން ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ ހުށަހަޅާފައިވާ އަގުބޮޑު ފުޓްބޯޅަ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.
އެ ކްލަބުގެ ސީއީއޯ މުހައްމަދު ޒާހިދު (ބައްޓޭ) ބުނި ގޮތުގައި، މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ ހުށަހަޅާފައިވާ އަގުބޮޑު މުބާރާތެއް ބާއްވަން ނިންމީ ހާއްސަކޮށް ޒުވާން ކުޅުންތެރިންނަށް ފުރުސަތު ހޯދައިދީ، މުބާރާތުގެ ފޯރިގަދަ ކުރުމުގެ ގޮތުންނެވެ.
“މިހާރު އޭދަފުށީ ސީނިއާ ޓީމުގެ ގިނަ ކުޅުންތެރިންނަކީ ރިޓަޔާ ކުރާ ކުޅުންތެރިންނަށް ވުމާއެކު މީގެ އެންމެ ބޮޑު ބޭނުމަކީ ޒުވާން ކުޅުންތެރިންނަށް މި މުބާރާތުގައި ކުޅުމުގެ ފުރުސަތު ފަހިކޮށްދިނުން. އެގޮތުން މުބާރާތުގެ ގަވައިދަށް ބޮޑެތި އިސްލާމުތަކެއް ގެންނަން ވާނީ ވިސްނާފައި،” ބައްޓޭ ބުންޏެވެ.

ޒުވާނުންގެ ކްލަބުން ބުނި ގޮތުގައި މިއަހަރުގެ ބޮޑު އީދާ ގުޅުވައިގެން ބާއްވާ މި މުބާރާތުގައި ވާދަކުރެވޭނީ އެ ކްލަބުން ދައުވަތުދޭ ޓީމުތަކަށެވެ.
އެގޮތުން އަންނަ ރޯދައިގެ ކުރިން މުބާރާތުގެ ގަވައިދު އަދި ދައުވަތު ދޭނެ ޓީމުތައް ކަނޑައަޅާނެ ކަމަށް އެ ކްލަބުން ބުންޏެވެ. ދައުވަތު ދޭނެ ޓީމުތަކުގެ ތެރޭގައި މި އަތޮޅުގެ ރަށްތަކުގެ އިތުރުން ރިސޯޓްތައް ހިމެނެ އެވެ.
ޗެމްޕިއަން ޓީމަށް އެއް ލައްކަ ރުފިޔާ ހުށަހަޅާފައިވާ މި މުބާރާތް ވެގެންދާނީ މިރަށުގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު އެއް ފުޓްބޯޅަ މުބާރާތަށެވެ.

Kuree mubaaraaiy thakuge faisaa inaam nudhee anekkaa ves mubaaraatheh baahvany dhw. Molhu thankolhaky team thah baiveri vaakan.
ރަށްތަކަށް ދައުވަތު ދިނުން ރަނގަޅު. ނަމަވެސް ރިސޯޓް ތަކަށް ތައުވަތު ދިނުމަކީ މައްސަލައެއް. ސަބަބަކީ ބ.އަތޮޅުގެ ރިސޯޓް ތަކުގައި އޭދަފުށީގެ ކުޅުންތެރިން ގިނަވުން. އެހެން ވުމުގެ ސަބަބުން އޭދަފުށީގެ ޓީމުތަކަށް، ޓީމު ތައް އެކުލަވާލަން އުނދަގޫތަކެއް ވަރަށް ބޮޑަށް ކުރިމަތި ވާނެތީވެ. ބައްޓޭ މިކަމާއި ދޭތެރޭ ވަރަށް ބޮޑަށް ވިސަނާނެ ކަމަށް ހީކުރަން.