ސިވިލް ސާވިސް ދުވަސް ފާހަގަކުރުމަށް އާއިލީ ހަވީރެއް ބާއްވަނީ

ސިވިލް ސާވިސް ދުވަސް ފާހަގަކުރުމުގެ ގޮތުން މިދިޔަ އަހަރު ބޭއްވި ކުޅިވަރު ހަރަކާތެއްގެ ތެރެއިން -- ފައިލްފޮޓޯ
ސިވިލް ސާވިސް ދުވަސް ފާހަގަކުރުމުގެ ގޮތުން މިދިޔަ އަހަރު ބޭއްވި ކުޅިވަރު ހަރަކާތެއްގެ ތެރެއިން — ފައިލްފޮޓޯ

 

ސިވިލް ސާވިސް ދުވަސް ފާހަގަކުރުމުގެ ގޮތުން ބުދަދުވަހު އޭދަފުށީގައި އާއިލީ ހަވީރެއް ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.

ބ. އަތޮޅު ކައުންސިލް އިދާރާއާއި އޭދަފުށީގަިއ ހުރި ސަރުކާރުއޮފީސްތައް ގުޅިގެން ސިވިލްސާވިސް  މުވައްޒަފުންގެ އާއިލާތަކަށް ޚާއްސަކޮށްގެން ބާއްވާ މި ހަވީރު އޮންނާނީ މާދަމާ 4:30 ން 6:00 އަށް ސްޓޭޖް ސަރަހައްދުގަ އެވެ. މި ހަވީރުގައި ގޯނި ރޭސް، ތިންފައިރޭސް، ލުނބޯ ރޭސް، ވާދެމުން، ދަރިފުޅު ހޯދުން، ރިލޭ ރޭސް އަދި މަޑުން ބައިސްކަލް ދުއްވުމުގެ ރޭސް ކަހަލަ ކުޅިވަރުތައް އޮންނާނެ ކަމަށްވެސް ކައުންސިލުން ބުނެއެވެ.

އަތޮޅު ކައުންސިލުން ބުނިގޮތުގައި އާއިލީ ހަވީރުގެ އިތުރުން ވެސް ސިވިލް ސާވިސް ދުވަހާ ގުޅުވައިގެން އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވައިފަ އެވެ. އެގޮތުން ބުރާސްފަތި ދުވަހު ގައުމީ ހެދުމުގައި ނުވަތަ ގައމީ ކުލަ ހިމެނޭގޮތަށް ހެދުން އަޅައިގެން އޮފީހަށް ދިއުމާއި އަންނަ ހުކުރު ދުވަހު ސިވިލް ސާވިސް މުވައްޒަފުންނަށް ސިވިލްސާވިސް ގަވައިދުތަކާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން ދީނީ މައުލޫމާތު ދިނުންވެސް އޮންނާނެ ކަމަށް ކައުންސިލުން ބުނެ އެވެ.

ސިވިލް ސާވިސް ދުވަހަކީ މޭ 1 އެވެ.

 

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. ތުޅާދޫ

    ބަކުރުގެ ޚިޔާލަށް އަޅުގަޑު ތާއީދު. ހުރިހާ މުވައްޒަފުން ކަޅު ހެދުމެއްގައި އެދުވަހު އޮފީހަށް ނުކުތުމަށް ގޮވާލަން

    ރައްދު
  2. ބަކުރު

    ސިވިލް ސަރވިސްދުވަސް ފާހަގަކުރަން ކުރަންވީ ހިތާމަވެރިކަމެއް. ސިވިލް ސަރވިސް އާއިދެކޮޅަށް މުޒާހަރާ ކުރަންވީ. މުވައްޒަފުންނަށް ކުރިއެރުމެއްނުލިބޭ. އެކި އޮފީސްތަކުގައި އިތުރުގަޑީގެ ލާރިދެނީ އެކިވަރަށް. އެއްވެސް އިންސާފެއްނެތް. ސިވިލަސަރވިސް އުވާލަންވީ. ކުރީގއައި ކޮންމެ 4 އަހަރަކުން ކުރިއެރުންލިބޭ. މިހާރު ސިވިލްސަރވިސް މުވައްޒަފުން މިތިބީ ހުއްޓުން އަރާފައި. ބޯހަލާކު.. ތި ހަރަކާތް ސިވިލްސަރވިސް އާއި ދެކޮޅަށް ބޭއްވުމަށް ގޮވާލަން..

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.