ރޭ ފެށި ކްލަބު މޯލްޑިވްސް ކަޕް 2017 ގައި އިޝާން އިބްރާހިމް (ސައްޓު)ގެ 2 ގޯލުން މޯލްޑިވްސް އެއާޕޯޓްސް ކޮމެޕެނީ ލިމިޓެޑް (އެމްއޭސީއެލް) ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ބީއެމްއެލްއިން ފެށުން ރަނގަޅުކޮށްފިއެވެ.
އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ކުޅިވަރު އެކުވެނި ވެލި ދަނޑުގައި ކުރިޔަށްދާ މި މުބާރާތުގައި ގްރޫޕް އޭ ގެ މެޗްގައި ޔުނައިޓެޑް ބީ.އެމް.އެލް އިން އެމް.އޭ.ސީ.އެލް ބަލިކޮށްފައިވަނީ 0-2 ގެ ނަތީޖާއަކުންނެވެ.
އެ މެޗުގައި ބީއެމްއެލް އަދި އެމްއޭސީއެލްގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ. އެ މެޗުގައި ބީއެމްއެލްގެ ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އިޝާން އިބްރާހިމް (ސައްޓު)އެވެ.
ޔުނައިޓެޑް ބީ.އެމް.އެލް އަށް މިދިޔަ އަހަރު މި މުބާރާތް ކާމިޔާބުކޮށްދިނުމުގައި އިޝާން އިބްރާހިމް (ސައްޓު)ގެ ދައުރު ވަރަށް ބޮޑެވެ.
ވާދަވެރި އެ މެޗުގައި ދެ ޓީމުން ވެސް ފާހަގަކޮށްލެވޭ ފުޓްބޯޅަ ކުޅުންތެރިންތަކެއް ފެނިގެންދިޔައެވެ. ބީއެމްއެލް ޓީމުން ކްލަބު ވެލެންސިއާއަށް ކުޅެމުންދާ އިބްރާހިމް ހަމްދާން (މެސީ) ފެނިގެންދިޔައިރު، އެމްއޭސީއެލް ޓީމުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަދި ގައުމީ ޓީމަށް ކުޅެމުންދާ ހަމްޒާ މުހައްމަދު (ހަމްޕު) އަދި މުހައްމަދު ރަޝީދު (ހޮކޭ) ފެނިގެންދިޔައެވެ.
ކްލަބު މޯލްޑިވްސް ކަޕްގައި މިއަހަރު 32 ޓީމު ވާދަކުރާއިރު، އަންހެން ބައި ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި 15 ޓީމެއް ވާދަކުރެއެވެ. މެދުކެނޑުމެއްނެތި ކްލަބު މޯލްޑިވްސް ކަޕް ބާއްވާ މިއީ 12 ވަނަ އަހަރެވެ.
Midhiya aharuga bank championkan hoadhy cina hamdhey naatte ge vx molhu kamun
Aharunnah engey mi habaru kiyan feshy irugavx eydhafushy meehunge foni kandaanekan
Eydhafushy kulhuntherin molhukuriyas thee thankolheh bodu varu kanneyge dhw
Bankge cina and gabey aee raajjeyge enme mashoor futsel kulhunterin
Adhi macl ge junky vx