
ދިވެހި ފިލްމު ފަތިސް ހަނދުވަރުގެ ފެށުން އަންނަ ބުރާސްފަތި ދުވަހުގެރޭ އޭދަފުށީ ހީނާ ސިނަމާގައި އެޅުވުމަށް ހަމަޖެހިއްޖެ އެވެ.
ހީނާ ސިނަމާގެ ފަރާތުން ވާހަކަ ދެއްކި އިބްރާހިމް ރަޝީދު ބުނީ މި ފިލުމުގެ ޝޯ ތައް އެ ސިނަމާގައި ދެއްކުމަށް ފިލުމުގެ ޓިކެޓް ހީނާ ވީޑިޔޯއިން މާދަމާ ހަވީރުން ފެށިގެން ވިއްކަން ފަށާނެ ކަމަށެވެ. އަދި ފިލްމު ދެއްކުމަށްޓަކައި ފިލުމުގެ ޕޯސްޓަރުތައް ހިއްޕަމުންދާއިރު އެ ފިލުމުގެ ޓިކެޓް ހޯދަން މިހާރުވެސް ގިނަ ބަޔަކު ގުޅަމުން އަންނަ ކަމަށްވެސް އިއްބެ ބުންޏެވެ.
ދިވެހި ފުރަތަމަ 3 ޑީ ފިލްމުކަމަށްވާ ފަތިސް ހަނދުވަރުގެ ފެށުން ހީނާ ސިނަމާގައި އަޅުވަން ހަމަޖެހިފައި ވަނީ 2ޑީ ކޮށެވެ. މި ފިލްމުގެ ޓިކެޓެއްގެ އަގަކީ 50 ރުފިޔާއެވެ.
މި ފިލްމަކީ ބިންމާ އިބްރާހިމް ވަހީދުގެ “ފަތިސްހަނދުވަރު” ގެ ޕްރިކްއެލް އެކެވެ. މިފަހަރުގެ ފިލްމުގައި ޖިނާގެ ރޯލުން ޔޫސުފް ޝަފީއު (ޔޫއްޕެ) ފެނިގެންދާއިރު މުހިންމު އެހެން ތަރިންގެ ގޮތުގައި އަހުމަދު ނިމާލް އާއި އަހުމަދު ސައީދު އަދި ފާތިމަތު ފަރީލާ ފެނިގެންދާނެ އެވެ.
ފިލްމުގެ ޑައިރެކްޓަރަކީ ޑާކް ރެއިންގެ ފިލްމުތައް އާންމުކޮށް ޑައިރެކްޓްކުރާ، އަލީ ޝިފާއު އެވެ. މި ފިލްމު ވެގެންދާނީ ރާއްޖޭގައި ބެލުންތެރިންނާ ހަމަ އަށް ގެނެސްދޭ ފުރަތަމަ، ދިވެހި ތްރީޑީ ފިލްމަށެވެ.
3 ޑީ ގެ ފިލްމެއް 2 ޑީ ކޮށް އެޅުވުމުގެ ބޭނުމަކީ ކޮބައިބާ؟