
ފުލް މެރަތަންއެއް ނިންމި ބ. އަތޮޅުގެ ފުރަތަމަ ދުވުންތެރިޔާގެ މަގާމު ބ. މާޅޮހު، ބާދަލް މުހައްމަދު އަފްރާހު ހޯދައިފި އެވެ.

ޓީއެފްޖީ އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކޮކާކޯލާ ޓީއެފްޖީ ލޯންގް ރަންގައި އަފްރާހު ދުވެ، ފުލް މެރަތަން ނުވަތަ 42 ކިލޯމީޓަރގެ ދިގު ރާސްތާގެ ދުވުން ނިންމާފައިވަނީ 05:04:35 (5ގަޑި 4 މިނެޓު 35 ސިކުންތުން) ނެވެ.
ހުޅުމާލޭގައި މި މަހުގެ މިދިޔަ ހުކުރު ދުވަހު ހެނދުނު ބޭއްވި މި ދުވުމުގައި ޖުމްލަ 850 އަށްވުރެ ގިނަ ދުވުންތެރިން ތަފާތު ގިންތީގައި ދުވެފައިވާ އިރު، އޭގެ ތެރޭގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތައްވެސް ހިމެނެ އެވެ
.
“އީޓީ” ން ނޫސްވެރިކަމުގެ ދާއިރާއަށް ނުކުތް އަފްރާހަކީ ފުޓްބޯޅަ އާއި ފުޓްސަލްގެ ރެފްރީކަމުގައިވެސް ހަރަކާތްތެރިވާ އަދި އަބަދުވެސް ކުޅިވަރުގައި ހަރަކާތްތެރިވާ ފަރާތެކެވެ.
ރަސްމީ ވަޒީފާގެ ގޮތުގައި މިހާރު މިއަދު ނޫހުގައި މަސައްކަތްކުރާ އަފްރާހު ޓީވީ ޕްރޮގްރާމުތައްވެސް ހުށަހަޅަ އެވެ.
