އޭދަފުށީ ޓީމުގެ ސަޕޯޓަރުން އޮޅުވެލިފުއްޓަށް

އޭދަފުށީ ޓީމުގެ ސަޕޯޓަރުން އޮޅުވެލިފުއްޓަށް ފުރަނީ. އީޓީ ފޮޓޯ/ރާއިފް
އޭދަފުށީ ޓީމުގެ ސަޕޯޓަރުން އޮޅުވެލިފުއްޓަށް ފުރަނީ. އީޓީ ފޮޓޯ/ރާއިފް

މިއަދު ހަވީރު އޮންނަ މިނިވަން ޗެމްޕިއަންޝިޕް ޒޯން ތިނެއްގެ ފައިނަލު މެޗަށް އޭދަފުށީ ޓީމަށް ސަޕޯޓް ކުރުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން އޮޅުވެލިފުއްޓަށް ފުރައިފި އެވެ. މީގެ ބައިގަޑިއެއްހާއިރު ކުރިން ނިޔާމް ބޯޓުގައި 130 އަކަށް ސަޕޯޓަރުންވަނީ ފުރައިފަ އެވެ. އަދި މެންދުރުފަހު އިތުރު ލޯންޗުތަކުގައިވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ފުރާނެ އެވެ.

އޭދަފުށީ ފުޓްބޯޅަ ޓީމު އޮޅުވެލިފުއްޓަށް ދިއުމަށް ފުރާނީ މެންދުރު 12:00 ގަ އެވެ. ފައިނަލު މެޗު ފަށާނީ ހަވީރު 15:45 ގައެވެ.

މެޗުގެ ކުރިން “އީޓީ” އާ ވާހަކަ ދައްކަމުން އޮޅުވެލިފުށީ ޓީމުގެ ކޯޗު އަބްދުއްރަހީމް ބުނީ މިއަދުގެ މެޗަކީ ފަހުގެ ތާރީޚެއްގައި އެރަށުން ކުޅޭނެ އެންމެ މުހިއްމު މެޗުކަމަށާއި، އަމިއްލަ ދަނޑުގައި ކުޅެން ޖެހޭތީ އޭދަފުށި ބަލިކުރެވޭނެކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

މެޗުގެ ކުރިން އޭދަފުށީ ޓީމުގެ ކޯޗު މީޑިޔާއަށް އެއްވެސް ކޮމެންޓެއްދޭކަށް ބޭނުމެއް ނުވިއެވެ.

އޭދަފުށީ ޓީމުގެ ސަޕޯޓަރުން އޮޅުވެލިފުއްޓަށް ފުރަނީ. އީޓީ ފޮޓޯ/ރާއިފް
އޭދަފުށީ ޓީމުގެ ސަޕޯޓަރުން އޮޅުވެލިފުއްޓަށް ފުރަނީ. އީޓީ ފޮޓޯ/ރާއިފް

އޭދަފުށި ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާކަމަށްވާ އިޝާން އިބްރާހިމް (ސައްޓު) މިއަދުގެ މެޗާ ގުޅޭނެ ކަމަށް ވަނީ މައުލުމާތު ލިބިފަ އެވެ.

މިއަދުގެ މެޗުގެ ލައިވް އަޕްޑޭޓްސް ވެސް “އީޓީ”ން ގެނެސްދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ޢަބްދުލްމުހައިމިން / އިނގުރައިދޫ

    ޅ.އަތޮޅުގެ އެންމެ މީސްކޮޅު މަދު އާބާދީ. އެމީހުން ރޭރުކޮށް ނުލާތި. ކާމިޔާބީއަށް އެދެން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.