
ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވައިދޭ އިންޑިއާގެ ޓީޗަރަކު ދަންޖެހިގެން މިއަދު މަރުވެއްޖެ އެވެ.
އެ ސްކޫލުގެ ކޮމްޕިއުޓަ ސްޓަޑީޒް ކިޔައިވައިދޭ ފިރިހެން ޓީޗަރެއް ކަމަށްވާ ސަތީސް ރާޖު ،27، ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރީގައި މިއަދު ހެނދުނު 9:30 ހާއިރު އެވެ.
އެނގިފައިވާ ގޮތުގައި އޭނާ މަރުވެފައި ހުއްޓާ ފެނުނީ މިއަދު ސްކޫލަށް ނުދާތީ ބަޔަކު އޭނާ ފޯނަށް ގުޅައިގެން ވެސް ޚަބަރެއް ނުވެގެން އޭނާ ދިރިއުޅޭ ގެ ބެލުމުންނެވެ.
މި ރަށުތެރޭގައި ބޮޑަށް ވާހަކަ ދެކެވެނީ މިއީ މިރަށު އަންހެން ކުއްޖަކާ ލޯބީގެ މައްސަލައެއްގައި ހިނގި ކަމެއް ކަމަށެވެ.
ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ސަތީސްގެ ހަށިގަނޑު ހޮސްޕިޓަލަށް ގެނައިއިރު އޮތީ “ހަރުވެފައި” ކަމަށެވެ. އަދި އޭނާ މަރުވެފައިވަނީ އޭގެ ގާތްގަނޑަކަށް ހަތް ގަޑިއިރު ކުރިން ކަމަށް ބެލެވޭ ކަމަށް ވެސް ޑޮކްޓަރުންނާ ހަވާލާދީ އަތޮޅު ހޮސްޕިޓަލުން ބުންޏެވެ. އަދި މީގެ ދެތިން ދުވަސް ކުރިން ބޭސް ތަކެއް ކައިގެން އެ ހޮސްޕިޓަލުގައި އޭނާ އެޑްމިޓްކޮށްފައިވާ ކަމަށްވެސް އެ ތަނުން ބުންޏެވެ.
ސަތީސް އަކީ 2010 ވަނަ އަހަރުން ފެށިގެން އެ ސްކޫލުގައި މަސައްކަތް ކުރަމުން އަންނަ މޮޅު ޓީޗަރެކެވެ. އަދި މިދިޔަ އަހަރު އޭނާ ކިޔަވައިދިން ކޮމްޕިއުޓަ ސްޓަޑީޒް މާއްދާއިން ވަނީ 100 ޕަސެންޓް ފާސް ވެސް ހޯދައިދީފަ އެވެ.
މި ހާދިސާއާ ގުޅިގެން އެ ސްކޫލުގެ ޓެސްޓްތަކާއި ކްލާސްތަކުގެ ކިޔެވުން ވަގުތީ ގޮތުން ވަނީ މިއަދު މެދުކަނޑާލައިފަ އެވެ.
ސަތީސްގެ ހަށިގަނޑު އިންޑިއާ އަށް ފޮނުވާލުމަށްޓަކައި މިހާރުވަނީ މާލެ ފޮނުވާލައިފަ އެވެ.
ހިތާވި މަންޖެ އޭނާއަށް މަރުވީމަ ނިމުނީކީ ނޫންކަން ވިސްނާދިންނަމަ ދޯ؟ ……..
މިކަމުގެ ޒިންމާ ސުކޫލް މެނޭޖުމަންޓުން ނަގަން ޖެހޭނެ! ކަމަށް ތި ވިދާޅުވީ ކީއްވެ؟ އިންސާނާ އަމިއްލަ އަށް ނުބައިމަގު އިޚްތިޔާރުކޮށް ނިމިދިއުމަށް ކަނޑައަޅާގެން އެކަމެއް ކުރުމުން އެހެން މީހުން ބަދުނާމު ކުރުމުގެ ޚައްޤަކީ ކޮބާ؟ އޭނާ އަކީވެސް ހެޔޮވިސްނޭ ޢުމުރުގައި ހުރި މީހެއް. އަޅުގަނޑުމެންގެ ތެރޭގައި އިސްލާމް ދީނޭ ކިޔައިގެން އަޑުހަރުކޮށް ދުވާ މީހުން މިފަދަ ޢަމަލުތައް ހިންގާއިރު ޣައިރު މުސްލިމުން މިފަދަ ކަންތައްތައް ކުރުމަށް ޖެހިލުމެއް ނުވާނެ.
މިކަމުގެ ޒިންމާ ސުކޫލް މެނޭޖުމަންޓުން ނަގަން ޖެހޭނެ!
ސާބަސް އެޑަމް އަށް އެކަންވެސް ސިޔާސީ ކަމަކަށް ދޯ ހެދީ…
މީ ދެން ލޯބިވީމަ ވާގޮތް. އެހެންވީމަ އަހަރެމެން މިތިބެނީ މީހުނާ ނީނދެ!
އަނެއްކާ ރާ (ރ) ޓީވީން ތިވާހަކަ ގޮވާނީ ކިހިނެތް ބާ؟