އެމްޑީޕީގެ ވެރިކަމެއްގައި ބ. އަތޮޅުގައި ޓާޝިއަރީ ހޮސްޕިޓަލެއް

thumb

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަމުގެ ފުރަތަމަ 18 މަސްދުވަހުގެ ތެރޭގައި ބ. އަތޮޅާއި އައްޑު އަދި ހދ އަތޮޅުގައި ޓާޝިއަރީ ތިން ހޮސްޕިޓަލެއް އަޅަން ހަމަޖެހިފައިވާ ކަމަށް އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ސަރުކާރުގެ ސިއްހީ ސިޔާސަތު “ހިތްހަމަޖެހުން: ގަރުބަގަތީއްސުރެ، ނެތިއުމަށް ދާންދެން” މިދިޔަ ހަފްތާގައި އައްޑޫގައި އިފްތިތާހުކޮށްދެއްވަމުން ނަޝީދު ވިދާޅުވީ ޑޮކްޓަރުން ތަމްރީނު ކުރުމުގެ ސްކީމެއް ތައާރަފްކޮށް ފަސް އަހަރުގެ ތެރޭގައި 2،000 ޑޮޓަރުން ތަމްރީން ކުރާނެ ކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ސިއްހީ ދާއިރާ ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުން ދުޅަހެޔޮ ހާލެއްގައި ބޭތިއްބުމަށް ގަވައިދުން އެ މީހުންގެ ހާލު ބަލައި އެކަންކަން ރިޕޯޓް ކުރާނެ 250 ސިއްހީ ހަރާކާތްތެރިން ހުރިހާ ހިސާބެއްގައި ތައާރަފް ކުރެވޭނެ ކަމަށެވެ.

އެގޮތުން މީހުން ބިނާކުރުމަށް ކުރާ މަސައްކަތުގައި “ހުނަރު” ޕްރޮގްރާމްގެ ތެރެއިން ނަރުހުންގެ ގޮތުގައި 150 މީހުން، ނަރުހުންގެ އެހީތެރިންގެ ގޮތުގައި 120، ފާމަސީ އެސިސްޓެންޓުންގެ ގޮތުގައި 150 އަދި އެޓެންޑެންޓުންގެ ގޮތުގައި ވެސް 200 މީހުން ތަމްރީނުކުރާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން އެމްޑީޕީ ސަރުކާރުގެ ސިއްހީ ސިޔާސަތުގައި، ހާއްސަ ހާލަތްތައް ކުރިމަތިވާ ބަލި މީހުންނަށް އިތުރު ލުއިތަކެއް ލިބޭ ގޮތަށް އާސަންދައިގެ ދަށުން ދެ ބައެއް ތައާރަފް ކުރެވިގެން ދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އޭގެ ތެރޭގައި ތެލެސީމީއާ، ކެންސަރު އަދި ޓީބީ ފަދަ ބަލިތައް ޖެހިފައިވާ މީހުންނަށާއި އެކްސިޑެންޓް ފަދަ ކުއްލި ހާދިސާތައް ކުރިމަތިވާ ފަރާތްތައް ބޭރަށް ފޮނުވައިގެން ބޭސް ކުރެވޭނެ އިންތިޒާމްތަކެއް އާސަންދައިގެ ދަށުން ހަމަޖެހިގެން ދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ

މީގެ އިތުރުން ދިވެހި ބޭސްވެރިކަން ކުރިއަރުވައި އެ މަސައްކަތް ކުރިއަށް އޮތް ތަނުގައި ދިރުވާ އާލާކުރުމަށް ވެސް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.

ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް ކެމްޕެއިނު ކުރުމުގެ ގޮތުން އެމްޑީޕީން ދަނީ އެޕާޓީގެ ސިޔާސަތުތައް ހާމަކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

7 ކޮމެންޓް

  1. Raabeburi

    2008 ގެ ޑިސެމްބަރ މަހުންފެށިގެން 2009 ގެ މެދެކާ ޖެހެންދެން އުތުރާދެކުނުގެ ރަށްރަށަށްގޮސް މިއަހަރުގެ މެދުޖެހޭތާ ނުވަތަ ކުރިއަށް އޮތް ދެތިންމަސްދުވަހުގެތެރޭގައި ނުވަތަ މިއަހަރުގެތެރޭގައި ވަރަށްދިގު މުއްދަތުގެތެރޭގައި ފައިސާ ދައްކާ ޚާލާސްކުރާގޮތަށް ހަދާދިން ގޭގެއާއި އަޅައިދިން ފްލެޓްތަކާ އަޅާދިން ނަރުދަމާ ފެންހޮޅި ގޭސްހޮޅި އަދި މަސްބަނދަރު ގަރުދިޔަ ފެކްޓްރީ ކުއްޅަވައް ފެކްޓްރީ ކޮބާތޯ މިތަންތަން ވެރިކަމުގަހުރެ 3 އަހަރުވީއިރު ކޮބާތޯ ވައުދުވި ކަންތައްތައް. ޑޮލަރު އަގުބޮޑުވީ ތަކެތީގެ އަގުބޮޑުވީ ކަރަންޓް ޔުނިޓްގެ އަގުބޮޑުވީ ރައްޔިތުންހެ ހަރުމުދާތައް ވިއްކާލީ އަތޮޅު އެކައުންޓް ތަކާއި ރަށްރަށުގެރައްޔިތުންގެ އެކައުންޓްތަކުގައި ރައްޔިތުން ކުނިކަހައިގެންނާ ބުރަމަސައްކަތް ކޮށްގެން ހޯދާފައިވާ ފައިސާ އަށްވީގޮތް އެނގޭބާ. އެކައުންޓްތަކުގައި ބޮދުލާރިއެއްވެސް ނެތް ބަލަ އަހަންމަދާ ބޮޑޭމެންތިކިޔަނީ ކީކޭތަ؟

    ރައްދު
  2. eydhafushian

    އޭދަފުށީގެ ކިތައްރައްޔިތުންތޯ މިކަމާއިމެދު ވިސްނާލީ އަހާލަންބޭނުން. 5 އަހަރުގެ ތެރޭގައި 2000 ޑޜ ކިހިނެއްތޯ އުފައްދާނީ ފުރަތަމަ ޖީޕީ އަކަށް ވާންވެސް އެބަނަގާ 5 އަހަރަށްވުރެ ގިނަދުވަސް. ދެންވިސްނާލަައްވާ މިކަމުގެ ހަގީގީ ޑިޒައަރ ނުވަތަ ކަމާވެގެން ކިޔަވާނެ 2000 މީހުން ހޯދެނެތޯ 5 އަހަރުތެރޭގަ، 2000 މީހުންގެ ތެރެއިން ކިތައްމީހުންތޯ އަނބުރާ ޤައުމަށް އައިސް ޙިދުމަތް ދޭނީ.. މިހާރުވެސް ރަށުން ބޭރަށް ދެވޭއިރަށް ތިބެނީ ރަނިން ހެދިފަ. ކޮންމެވެސް ވަރެއްގެ އޮއްޓަރެއް ހުރި ބަރުދަނެއް ހުރި ވާހަކަތަކެއް ދެއްކުމަށް ސިޔާސި ވެރންގެ އަރިހުން ދަންނަވަން، ހަމަ އެކަނި އަންނިއެއްނޫން. އެންމެން ވެސް

    ރައްދު
  3. Ahmed Naseem

    އަންނި އަށް ތިކަން ވެދާނެ. 5 އަހަރު އެމަނިކުފާނު ވެރިކަމުގައި ހުންނެވިނަމަ ހުރިހާ ވަައުދެއް ފުއްދީސް.

    ރައްދު
  4. Velaaaa

    eyd hospital alaakah nufeney.! Eyd meehun bunaane alaa nimey irah Maumoon kohdhin kamekey.! Rangalu vaahaka eh.! Maumoon othee Eyd konme raiyithakah ganduvareh dheyn ves ninmaafa ekam Veeekaemeh Haraam.!

    ރައްދު
  5. Hippe

    ކަލޯ ހުސް ހޮޅި ވައުދު. ނަސީދަށް 2008 ގެ އެއްވެސް ވައުދެއް ފުއްދައެއް ނުދެވުނު. ގަމާރުންގެ ބޮލަށް ޗިޕުޖެހިދާނެ. އެންމެނަކު އަބަދަކު ހަމައިންނެއްޓިފައެއް ނުތިބޭނެކަން ހަމައިންނެއްޓޭ މީހުން ހީކޮށްގެންނުވާނެ. ވައްސަލާމް

    ރައްދު
  6. umarubey

    ސިޔާސީ ބޭފުޅުންނަކީ ހާސިލު ކުރަން ބޭނުންވާ ކަމެއް ހާސިލް ވަންދެން ދޮގު ހެދުމުގައި ދެމި ތިބޭ ބައެކެވެ. އެންމެ ފަހަރަކުވެސް ވިސްނާނުލާ ދައުލަތުގައި ބަޖެޓް ހުރި ގޮތެއް ، 2013 ނޮވެމްބަރު 11 ގައި ރާއްޖެއަށް ލާރި އިތުރަށް ލިބެންފަށަނީތަ؟ އާނ ރައްޔިތުންގެ ނަމުގައި ލޯން ތައް ނަގައިގެން ރައްޔިތުން ދަރަނިވެރި ކުރެވި ދާނެ ، ރައްޔިތުން މޮޔަ މޮއްޓާގެންވެސް ބޭނުންވަނީ ތިމާމެންގެ ވެރިކަން – ﷲ އިރާދަކުރެއްވިޔާ ކުރިއަށް އޮތް އިންތިޚާބުގައި އެމް.ޑީ.ޕީ ކެނޑިޑޭޓް އަންނި އަށް ވެރިކަމެއް ނުލިބޭނެ މި ޤައުމުގައި ދެންވެސް ވެރިކަން ކުރާނީ ހަމަ ބާޣީ ވަޙީދު

    ރައްދު
  7. އަޙްމަދު ރަޝީދު ސީޓް

    Evves rayyithaku mikamah huras elhumah masakkaiy nukurumah govaalan. Khaassa koh RED WAVE SALEEM, mikamah huras elheyne evves meyrumakun evves masakkatheh nukurumah govaalan.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.