މެޑްޓެކް އިން ބ އަތޮޅު ހޮސްޕިޓަލަށް ބަޔޯކެމިސްޓް މެޝިނެއް ހަދިޔާ ކުރަނީ

ބ. އަތޮޅުހޮސްޕިޓަލް
ބ. އަތޮޅުހޮސްޕިޓަލް

ހެލްތް ސެކްޓާއަށް ބޭނުންވާ ތަކެތި ފުޅާ ދާއިރާއެއްގައި ވިއްކަމުން ގެންދާ މެޑްޓެކް މޯލްޑިވްސްއިން ބ. އަތޮޅު ހޮސްޕިޓަލަށް އޮޓަމެޓިކް ބަޔޯކެމިސްޓް މެޝިނެއް ހަދިޔާ ކުރުމަށް ނިންމައިފި އެވެ.

މެޑްޓެކުން މި މެޝިން އެ ހޮސްޕިޓަލަށް ހަދިޔާކުރުމަށް ނިންމާފައި ވަނީ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން މިހާރަށްވުރެ އިތުރު ކުރުމަށް ހުޅުވާފައިވާ ހެލްތް ޓްރަސްޓް ފަންޑަށް އެހީވުމަށް ހުޅުވާލި ފުރުސަތުގަ އެވެ.

މިފަންޑަށް އެހީ ވުމުގެ ގޮތުން މެޑްޓެކް މޯލްޑިވްސް އިން ވަނީ ރާއްޖޭގެ ސިއްހީ ހާލަތު ރަނގަޅު ކުރުމަށް ޓަކައި ވަރަށް ބޮޑު ދީލަތި އެހީއެއް ވެދެއްވުމަށް ނިންމާފަ އެވެ.

އެގޮތުން ބ އަތޮޅު ހޮސްޕިޓަލްގެ ލެބޯރްރީން ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ޓަކައި ހަދިޔާ ކުރެވޭ ބަޔޯކެމިސްޓް މެޝިންގެ އަގު ހަ ލައްކަ ރުފިޔާއަށް އަރައެވެ. މ ިއަގުބޮޑު މެޝިނާއިއެކު ތިން މަސްދުވަހަށް ފުދޭވަރަށް މެޑިކަލް ކޮންސިއުމަބަލްވެސް ވަނީ ހަދިޔާކުރުމަށް ނިންމަވާފަ އެވެ.

ބ އަތޮޅު ހޮސްޕިޓަލުންބުނީ މިއަގުބޮޑު މެޝިންގެ ސަބަބުން އ ެހޮސްޕިޓަލްގެ ލެބޯރިޓަރީން ދެވޭ ހިދުމަތްތައް ވަރަށް ބޮޑުތަން އިތުރުވެގެންދާނެ ކަމަށެވެ. އެގޮތުން އެ ހޮސްޕިޓަލުން މިހާރު ހެދެންނެތް އިތުރު ޓެސްޓް ތަކެއް ހެދޭނެ ކަމަށްވެސް ހޮސްޕިޓަލުން ބުނެ އެވެ.

މެޑްޓެކް މޯލްޑިވްސްއިން އަންނަނީ ދިވެހި ރާއްޖޭގެ ސިއްހީ ހާލަތު ރަނގަޅު ކުރުމަށް ޓަކައި އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.