މިއަހަރުގެ އިކޯ ކެއާ – ސޮނެވާ ނޭޗާ ޓްރިޕް ފަށައިފި

ނޭޗާ ޓްރިޕްގެ ދަރިވަރުން ބ. އަތޮޅުގައި - ފޮޓޯ އިކޯ ކެއާ
ނޭޗާ ޓްރިޕްގެ ދަރިވަރުން ބ. އަތޮޅުގައި – ފޮޓޯ އިކޯ ކެއާ

ސޮނެވާ ފުށި ރިސޯޓާއި އިކޯ ކެއާ މޯލްޑިވްސް ގުޅިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ސޮނެވާ ނޭޗާ ޓްރިޕް މިދިޔަ ހޮނިހިރު ދުވަހު ފަށައިފި އެވެ.

ޕްރައިމަރީ ސްކޫލުގެ ދަރިވަރުންނަށް ތިމާވެއްޓާބެހޭ ގޮތުން މަޢުލޫމާތު ދިނުމާއި ތިމާވެއްޓަށް ހޭލުންތެރި ކުރުވުމުގެ މަގުސަދުގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ތިމާވެށި ދަތުރުގައި މިފަހަރުވެސް މާލޭގެ ހުރިހާ ޕްރައިމަރީ ސްކޫލަކުން ގާތްގަޑަކަށް ސަތޭކަ ފަންސާސް ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިން ބައިވެރިވާ ކަމަށް އެކޯ ކެއާ އިން މަޢުލޫމާތު ދެއެވެ.

 މި ދަތުރުގެ ބައިވެރިން ހޮނިހިރު ދުވަހު ހެނދުނު 6ޖެހި އިރު މާލޭން ފުރަން ތާވަލު ކުރެވުނު ކަމުގައިވިޔަސް، މޫސުން ގޯސްވުމުގެ ސަބަބުން މާލޭން ފުރުނީ ގާތްގަޑަކަށް ބާރަ ޖަހާ އެހާ ކަންހާ އިރު އެވެ. މިއަހަރުގެ ދަތުރުގެ ބައިވެރިން ބޭސް ކޭމްޕު ޖަހާފައިވަނީ މިއަތޮޅު ދަރަވަންދޫގަ އެވެ.

އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ދަތުރުގައިވެސް މި އަތޮޅުގެ ބައެއް ރަށްރަށަށް ޒިޔާރަތްކޮށް ތިމާވެއްޓާބެހޭ މަޢުލޫމާތު ހޯދާނެ ކަމަށް އެކޯ ކެއާ އިން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.