މާލޭ ކުޅިވަރު އެކުވެނީގައި މިހާރު ކުރިއަށްދާ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގައި އޭދަފުށީ ބެޑްމިންޓަން ޓީމު ކުޅުނު ދެވަނަ މެޗުން ވެސް މޮޅުވެ، ޓޭބަލުގެ އެއްވަނަ އަށް އަރައިފި އެވެ.
މިއަދު ހަވީރު ކުޅުނު މެޗުގައި މ. ޔޫތު ސޮސައިޓީގެ ޓީމުގެ އޭދަފުށީ ޓީމު ކުރި ހޯދީ ފަސޭހަކަމާއެކު ސީދާ ފަސް ސެޓުންނެވެ.
މުބާރާތުގައި އޭދަފުށީ ޓީމުގެ ތިންވަނަ މެޗު ކުޅޭނީ މިރޭ 9:00 ގަ އެވެ. އެ މެޗުގައި އޭދަފުށީ ޓީމު ނުކުންނާއި އައްޑޫ ހޮރިޒޮން އެކަޑަމީއާ ދެކޮޅަށެވެ.