ރައީސް އަބްދުﷲ ޔާމީން ނ. ބ އަދި ޅ އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފުރާވަޑައިގެންފި އެވެ.
މި ދަތުރުފުޅުގައި ރައީސް ބ. އަތޮޅުން ވަޑައިގަންނަވާނީ ކެންދޫ އާއި އޭދަފުށީގެ އިތުރުން މި އަތޮޅު ތުޅާދޫ އަށެވެ. އެނގިފައިވާ ގޮތުގައި ކެންދޫ އާއި އޭދަފުއްޓަށް ރައީސް ވަޑައިގަންނަވާނީ މާދަމާ އެވެ. އަދި ތުލާދޫއަށް ވަޑައިގަންނަވާނީ އަންގާރަ ދުވަހު އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މި ދަތުރުފުޅުގައި ރައީސް ޔާމީން ކެންދޫއަށް ވަޑައިގެން އެރަށު ބަނދަރު ހުޅުވައިދެއްވައި ބޯފެނުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާނެ އެވެ.
އަދި ތުޅާދޫ އަށް ވަޑައިގެން އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔަތުގައި ވެސް ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
ރައީސްގެ މިދަތުރުފުޅުގައި މިއަދު ނ އަދި ޅ އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގައި ވެސް ސަރުކާރުން ހިންގި މަޝްރޫއުތަކެއް ނިމުމާއި އެ މަޝްރޫއުތަކުގެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.