މާރެސް އަތޮޅު ވޮލީބޯޅަ މުބާރާތުގެ އަންހެން ބައިން އޭދަފުށި ކެޓިއިރު، މާޅޮސް ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.
މިއަދު ހަވީރު މާޅޮހު ވޮލީ ކޯޓުގައި ކުޅުނު ސެމީގެ މެޗުން އޭދަފުށި ކެޓީ މާޅޮހާ ވާދަކޮށް ސީދާ ތިން ސެޓުން ބަލިވެގެންނެވެ.
މުބާރާތުގެ އަންހެން ބައިގެ ފައިނަލުގައި މާދަމާ ހަވީރު މާޅޮސް ނުކުންނާނީ މިދިޔަ އަހަރުގެ ޗެމްޕިއަން ގޮއިދޫއާ ދެކޮޅަށެވެ.
މުބާރާތުގައި މިރޭ ކުރިއަށްދާނީ ފިރިހެން ސެމީ ފައިނަލް މެޗެވެ. މި މެޗުގައި ބައްދަލުކުރަނީ ދަރަވަންދޫއާ މާޅޮސް އެވެ. މި މެޗުން މޮޅުވާ ޓީމެއް މާދަމާ ރޭ ފައިނަލުގައި ކުޅޭނީ ގޮއިދޫ އާ އެވެ.