
އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު މިލައިދޫ އައިލެންޑް ރިސޯޓް ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި 2-1 އިން އަނަންތަރާ ކިހަވައް ވިލާސް މޮޅުވެއްޖެ އެވެ.
އޭދަފުށީ ދަނޑުގައި ކުޅުނު މި މެޗުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ލަނޑު ޖެހީ މިލައިދޫންނެވެ. މެޗުގެ 17 ވަނަ މިނިޓްގައި މިލައިދޫ އަށް ލަނޑު ކާމިޔާބު ކޮށްދިނީ މުހައްމަދު އަކްރަމް އެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން އަނަންތަރާ އަށް އެއްވަރުކޮށްދިނީ އެ ޓީމުގެ ހުސައިން ނަޒީހު އެވެ. އަނަންތަރާ މޮޅުވީ މެޗު 65 ވަނަ މިނިޓްގައި އަޒްމީން އަބްދުއްސައްތާރު ޖެހި ލަނޑުންނެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކީ އަނަންތަރާގެ ހުސެން ނަޒީހުއެވެ.
މުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް ބީ ގެ މެޗެކެވެ. ބައްދަލުކުރާނީ ސޮނެވާ ފުއްޓާއި އާއި ދުސިތު ތާނީ މޯލްޑިވްސް އެވެ. މި ދެ ޓީމު ވެސް ވަނީ ފުރަތަމަ މެޗުން މޮޅުވެފަ އެވެ. މާދަމާގެ މެޗު ފަށާނީ ހަވީރު 16:15 ގަ އެވެ.
