ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ގޮއިދޫ އާއި އޭދަފުށި ވާދަކުރަން ޖެހިއްޖެ އެވެ.
މިދިޔަ އަހަރުގެ ޗެމްޕިއަން ގޮއިދޫ އާއި ރަނާއަޕް އޭދަފުށި ކުޅޭ ސެމީ ފައިނަލް މެޗު އޮންނާނީ މިއަދު ހަވީރު 15:45 ގަ އެވެ. މިއަދުގެ މެޗު ބެލުމަށް މި ދެރަށުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދޮންފަނަށް ދާނެކަމަށް ބެލެވެއެވެ.
އޭދަފުށި ސެމީއަށް ދިޔައީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ނުވަ ޕޮއިންޓާއެކު ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ގޮއިދޫ ސެމީއަށް ދިޔައީ ދެ މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުގެ 7 ޕޮއިންޓާއެކު ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
ދެވަނަ ސެމީގައި ކިހާދޫ އާއި ދޮންފަނު ބައްދަލުކުރާނީ މާދަމާ ހަވީރު އެވެ.
ބ. އަތޮޅުގެ 23 އަހަރުންދަށުގެ ކުދިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގައި މިއަހަރު އަށް ރަށަކުން ވާދަކުރެއެވެ. އަށް ޓީމުގެ ތެރެއިން ސެމީއަށް ހޮވުނު އެންމެ ގިނަ ޕޮއިންޓް ހޯދި ހަތަރު ޓީމެވެ. މުބާރާތުން ކެޓީ ކުޑަރިކިލާއި، ދަރަވަންދޫ އާއި މާޅޮސް އަދި ކަމަދޫ އެވެ.
މިދިޔަ އަހަރުގެ ފައިނަލު މެޗުގައި އޭދަފުށި ބަލިކޮށް ގޮއިދޫ ޗެމްޕިއަންކަން ހޯދީ ފުރިހަމަ ވަގުތުގައި ދެ ޓީމު 3-3 އިން އެއްވަރުވެ، ޕެނަލްޓީ ޖަހައިގެން 12-13 އިން މޮޅުވެގެންނެވެ.

