މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށް ގެންދިޔަ ކްރެޑިޓް ކާޑް ޕްރޮމޯޝަންގެ ނަސީބުވެރިޔާ މިއަދު ހޮވައިފި އެވެ.
ބީއެމްއެލް އިން ކުރިޔަށް ގެންދިޔަ އެ ޕްރޮމޯޝަންގެ ނަސީބުވެރިޔަކަށް ހޮވާފައި ވަނީ ޅ. ހިންނަވަރު، ލީފްލައިފް ޖަމީލާ އަބްދުއްރަހްމާނެވެ. އޭނާ އަށް އިނާމެއްގެ ގޮތުގައި 3000ޑޮލަރުގެ ފައިސާގެ އިނާމެއް ދޭން އެ ބޭންކުން ވަނީ ނިންމައިފަ އެވެ.
ބީއެމްއެލްއިން މިދިޔަ ނޮވެމްބަރުމަހު ކުރިއަށްގެންދިޔަ އެ ޕްރޮމޯޝަންތެރޭ ކްރެޑިޓް ކާޑް ހެދުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހެ އެވެ.