“ބިން ހިއްކުމަށްޓަކައި ރިޔާސީ އިންތިހާބު އެމްޑީޕީން އެއްބުރުން ކާމިޔާބު ކުރަންޖެހޭ”

ރޭ ބޭއްވި ކަންމަތީ ޖަލްސާގައި އާއްޓޭ ވާހަކަ ދައްކަވަނީ -- ފޮޓޯ / ތޯރިގް
ރޭ ބޭއްވި ކަންމަތީ ޖަލްސާގައި އާއްޓޭ ވާހަކަ ދައްކަވަނީ — ފޮޓޯ / ތޯރިގް

 

އޭދަފުށީގެ ބިން ހިއްކުމަށްޓަކައި އަންނަ ރިޔާސީ އިންތިހާބު އެމްޑީޕީން އެއްބުރުން ކާމިޔާބު ކުރަންޖެހޭ ކަމަށް ބ. އަތޮޅުގެ އެމްޑީޕީ ކެމްޕޭން ޓީމުގެ އިސްމެންބަރެއްކަމަށްވާ އަހްމަދު އާތިފް (އާއްޓޭ) ވިދާޅުވެއްޖެ އެވެ.

ރޭ އޭދަފުށީ ވައިޓްވޯލް ކަންމަތީގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަމުން އާއްޓޭ ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބަކީ އޭދަފުށީގެ ތަރައްގީއަށް މުހިއްމު ގޮތްތަކެއް ނިންމޭނެ އިންތިހާބެއް ކަމަށާއި، އެމްޑީޕީގެ ސަރުކާރެއްގައި އޭދަފުށީގެ ބިން ހިއްކުމުގެ މަޝްރޫއަށް ވަރަށް ހާއްސަ އަހަމިއްޔަތުކަމެއް ދެއްވާނެކަމަށް ރައީސް ނަޝީދު ވައުދުވެވަޑައިގެންފައިވާ ކަމަށެވެ. އަދި އޭދަފުށީ ފަޅުން 17 ހެކްޓަރުގެ ބިން ހިއްކުމަށްޓަކައި މި އިންތިހާބު އެމްޑީޕީން އެއްބުރުން ކާމިޔާބު ކުރަންޖެހޭ ކަމަށްވެސް އާއްޓޭ ވިދާޅުވި އެވެ.

“އޭދަފުށިން 17 ހެކްޓަރުގެ ބިން ހިއްކުމަށްޓަކައި ތިޔަ ބޭފުޅުންނަށް ކޮށްދެވެން އޮތް ކަމަކީ މި އިންތިހާބު އެމްޑީޕީއަށް އެއްބުރުން ނެގުން. އެހެންކަމުން އަޅުގަނޑު އެދެނީ އޭދަފުށީގެ އެންމެހާ ރައްޔިތުން ކުރިއަށްއޮތް އިންތިހާބުގައި މަދުގެން 80 ޕަސެންޓް ވޯޓް އެމްޑީޕީއަށް ހޯދައިދިނުން. ނަތީޖާއަށް އެއްވެސް ޝައްކެއްނެތް. ބަދަލު ގެނެވޭނެ.” އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން މި އިންތިހާބު ކާމިޔާބު ކޮށްފިނަމަ، އެ ޕާޓީން ވެރިކަމާ ހަވާލުތާ ފުރަތަމަ އަހަރެއްހާ ނުވަތަ ދެ އަހަރެއްހާތާ އޭދަފުށިން 17 ހެކްޓަރުގެ ބިން ހިއްކައި ރައްޔިތުންނަށް އެ ބިން ހަދިޔާ ކޮށްދޭނެ ކަމަށެވެ. އަދި އެއީ އަންނަ ރިޔާސީ އިންތިހާބުގައި އޭދަފުއްޓަށް ފެންނާނެ “ބޮޑު މަންޒަރު” ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރޭ ބޭއްވި ޖަލްސާގައި އޭދަފުށީ “ސަންސެޓް ބީޗް” ގުރޫޕުގެ ގެ 50 ޒުވާނުން އެމްޑީޕީއަށް ސޮއިކޮށް ފޯމްތައްވަނީ އެ ޕާޓީ އާ ހަވާލުކޮށްފަ އެވެ. އެމްޑީޕީން ބުނީ އޭދަފުށިން ވަރަށް ގިނަ ޒުވާނުން އެ ޕާޓީއަށް ތާއީދުކޮށް ވޯޓްދޭނެ ކަމަށް ބުނަމުންދާ ކަމަށާއި މިރަށުން އެ ޕާޓީއަށް ލިބެމުންދާ ތާއީދު އެއްދުވަހުން އަނެއް އިތުރުވަމުންދާ ކަަމަށެވެ.

ގުޅުންހުރި ލިޔުންތައް

7 ކޮމެންޓް

  1. ހޭޅި

    އެމްޑީޕީގެ 3 އަހަރުގެ ވެރިކަމުގައި 2 ފަހަރު މަޖްލީސް އިން ފާސްކުރި ބަޖެޓްގައި އޭދަފުށި ބިން ހިއްކުން ހިމަނާފައިވޭ، އެކަމަކު ބިމެއްވެސް ނުހިއްކުނު. އަޅުގަނޑު އެދެން އޭދަފުށީ ހުރިހާ ރައްޔިތުންވެސް 2010،2011 ވަނައަހަރުގެ ބަޖެޓްފޮތް ބައްލަވައި ލެއްވުމަށް. އަދި 2013 ވަނަ އަހަރުގެ ބަޖެޓްގައިވެސް އޭދަފުށި ބިންހިއްކުން ހިމެނިފައިވޭ އެކަމަކު އަދި އެކަން ވާގޮތެއް ނުވޭ. އަޅުގަނޑު އޭދަފުށީގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ގޮވާލަން ސިޔާސީ ފަރާތްތަކުން ދައްކާ އެއްވެސް ވާހަކައެއް އަޑުނޭހުމަށް. ރައްޔިތުން އެކަތި ގަޑަކަށް ވެގެން މިރައް ތަރައްގީ ކުރުމަށް މަސައްކަތް ކުރުން މާ ރަގަޅު ވާނެ

    ރައްދު
  2. Fahmee

    ޕިލީސް ޑޯންޓް ސެލް ދަ ވޯޓްސް. މަގޭ ވޯޓް ހަމަ ގައިމުވެސް ނުވިއްކާނަން. އަހަރެން ވޯޓުދޭނީ އަހަރެންގެ އަމިއްލަ ބާރުގައި، ފެންނަމީހަކަށް. ސަންސެޓް ގުރޫޕުން ތިކުރި ދަސުދަރަޖާގެ އަމަލު އޭދަފުށި ދެކެ އަބަދުވެސް ލޫބިވާ މީހެއްގެ ހައިސިއްޔަތުން ކުއްވެރިކުރަން. އަދި ބުނެލަން އޭދަފުށީގެ ފަޅުހިއްކުންއެއީ މިހާރުވެސް ކުރެވެމުންދާ މަސައްކަތެކޭ. ކޮންމެ މިހީކަ ވެރިކަމަށް އަޔަސް ނަޔަސް މި އަހަރު ތެރޭގައި އަމަލީ ގޮތުން މަސައްކަތް ފެށޭނެ ކަމެކޭ. އެއީ ވެސް 25 ހެކްޓަރުގެ ބޮޑު ޕޮރޮޖެކްޓެކޭ. އެމް.ޑީ.ޕީ އިން އެމީހުން ގެ ބޮލުގައި އެނަން އަޅުވަން މަސްތްކަތް ކުރާކަމަށް މި ލިޔުން ކިޔާލުމުން ބެލެވެޔޭ. ދެންވަރަށް ސަލާމް

    ރައްދު
  3. ބަތްޕެން

    މަވެސް ވޯޓް އެމްޑީޕީއަށް ވޯޓް ވިއްކަން ބޭނުން. އެކަމަކުއިންޖީނަކަށްނޫން. ބޭނުންވަނީ އިންނާނެ ޅަ އަންހެންކުއްޖެއް.

    ރައްދު
  4. އަޙްމަދު ރަޝީދު ސީޓް

    އޭދަފުށީގެ ތަރައްޤީއަށްޓަކާ، ޒުވާނުންގެ ދައުރު ވަރަށް މުހިންމު. އޭދަފުށީގެ ޒުވާނުން އިސްނަގައިގެން، ދަރީންގެ ދަރީންނަށްޓަކާ، އޭދަފުށި އާރާސްތުކުރަން “ތިންފިޔަވަޅު ކުރިޔަށް” އެޅުމަކީ ވަރަށް ބުއްދިވެރިކަމެއް. “ސަންސެޓް ބީޗް” ގެ ޒުވާން ހުނަރުވެރި ޓީމަށް އަސްރިބަހާސާބަސް. ތިޔައީ މުޅި އޭދަފުށި ބަދަލުކޮށް ތަރައްޤީ ކުރަން ނުކުތް ހަރުދަނާ، ދުރު ވިސްނޭ އަދި ރަށް ދެކެ ލޯބިވާ “ޤައުމީ ދަރީން” ތަކެއް. އެކަކު އަނެކާގެ ކިބައިން ހިއްވަރު ހޯދައިގެން އޭދަފުށީގެ ތަރައްޤީއަށް، ފިސާރި ޢަޒުމަކާ އެކު ނުކުންނަވާ. އަދިވެސް އެއްފަހަރު އެންމެހާ ޒުވާނުންނަށް ސާބަސް.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.