
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ތާއީދު ހޯއްދެވުމުގެ ގޮތުން އޭދަފުއްޓަށް ވަޑައިގަންނަވާ ގޮތަށް މިއަދު ހަމަޖެހިފައިވީ ނަމަވެސް އެ ދަތުރުފުޅު ކެންސަލް ކުރައްވާފައިވާ ކަމަށް ޕީޕީއެމް އޭދަފުށީ އޮފީހުން މިއަދު ބުނެފި އެވެ.
ޕީޕީއެމުން ބުނި ގޮތުގައި ރައީސް މައުމޫންގެ މި ދަތުރުފުޅު ދެން އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ.
މި ދަތުރުފުޅުގައި މައުމޫންގެ އަރިހުގައި ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިން އާއި ރަނިންމޭޓް ޑރ މުހައްމަދު ޖަމީލުގެ އިތުރުން އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުން އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރުންވެސް ބައިވެރިވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ.
ސަރީފުގެ ޚިޔާލަށް އަޅުގަނޑު ތާއީދު. ހަޖަމް ނުކުރެވޭ ބަޔަކު އުޅުނަސް ޙަޤީޤަތް ޤަބޫލު ކުރުމަކީވެސް ޑިމޮކްރަސީ.
އޭދަފުއްޓަށް އައިސަވާ ތަރައްޤީ އަކީ ރަން 30 އަހަރުގެ ބާނީ މަޢުމޫން އަބްދުލްޤައްޔޫމް ގެނަސްދިން ތަރައްޤީ ، 30 އަހަރު ދައުލަތުގެ ބަޖެޓުން އަތޮޅުތެރޭގެ ރަށަކަށް އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ އޭދަފުއްޓަށް ، އެކަން ކުރީގެ ރައީސް ނަޝީދުވެސް ވިދާޅުވި ، އެބޭފުޅާވެސް އެކަން ޤަބޫލްކުރެއްވި ބަޔަކު ހިތްހަމަ ނުޖެހުނަސް އޭދަފުށީ ރައްޔިތުން މަޢުމޫނަށް މަރުޚަބާ ކިޔާނީ ހަމަ ރަތް ދޫލައިން ކުރިއަށް އޮތީ ތަރައްޤީގެ ގަދަ ފަސް އަހަރު
އެމްޑީޕީ މީހުން މައުމޫން އޭދަފުއްޓަށް ވަޑައިގަންނަވާތީ ވަރަށް މޭކަރާލާނެދޯ؟