ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓްގައި ބ. އޭދަފުށީ ކައުންސިލަށް ވާދަކުރަން ހަ ކެންޑިޑޭޓުން މިއަދު ބޭއްވި ޕްރައިމަރީން ހޮވައިފި އެވެ.
އޭދަފުށީ ކައުންސިލަށް ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީގައި، ކައުންސިލްގައި މިހާރު ތިއްބެވި މެމްބަރުންގެ ތެރެއިން ވާދަކުރެއްވީ ކައުންސިލުގެ ރައީސް އަލީ ވަހީދު އާއި ނައިބް ރައީސް މުހައްމަދު ރިޒާ އަދި އަލީ ޔަހުޔާ އެވެ. އެ ބޭފުޅުންގެ ތެރެއިން އަލީ ޔަހްޔާ އަށް ކާމިޔާބެއް ނުކުރެއްވުނެވެ.
އަލީ ވަހީދު އާއި މުހައްމަދު ރިޒާގެ އިތުރުން ޕީޕީއެމްގެ ފަރާތުން ވާދަކުރުމަށް ހޮވާފައި ވަނީ މި ރަށު މަންޒަރު މުހައްމަދު ނައުރީފް އާއި ޝީޓްމާގޭ ނާޒްނީން ޔޫސުފް އާއި، މާއޮޅު މުހައްމަދު ރާމިޒުގެ އިތުރުން ރ. މާކުރަތު ވިދުވަރު މަރިޔަމް އީސާ އެވެ.
އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމުން ވާދަކުރުމަށް އެ ޕާޓީގެ ޓިކެޓް ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ރާއްޖޭގެ އެހެން ސަރަހައްދު ތަކުގައވެސް މިއަދު ވަނީ ޕްރައިމަރީ ބާއްވައިފަ އެވެ.
ޕްރައިމަރީގެ ވަގުތީ ނަތީޖާ:
1- މުހައްމަދު ނައުރީފް، މަންޒަރު / ބ. އޭދަފުށި (136 ވޯޓް)
2- ނާޒްނީން ޔޫސުފް، ޝީޓްމާގެ / ބ. އޭދަފުށި (126 ވޯޓް)
3- މުހައްމަދު ރާމިޒު، މާއޮޅު / ބ. އޭދަފުށި (121 ވޯޓް)
4- އަލީ ވަހީދު، ސަދުބަރަކަމާގެ / ބ. އޭދަފުށި (115 ވޯޓް)
5- މުހައްމަދު ރިޒާ، މޫސުމްރަބީޢު / ބ. އޭދަފުށި (108 ވޯޓް)
6- މަރިޔަމް އީސާ، ވިދުވަރު / ރ. މާކުރަތު (105 ވޯޓް)
7- އިބްރާހިމް ނަޒީފް، ސ. ހިތަދޫ (56 ވޯޓް)
8- އަލީ ޔަހްޔާ، ހުސްނުހީނާގެ / ބ. އޭދަފުށި (35 ވޯޓް)
ކަލޯ ރ. މާކުރަތު މީހަކުވެސް އޭދަފުށީ ކައުންސިލަށް ހޮވުނީ. މިއޮއްފަދަ “ކުޑަ މާލޭ”ގަ ނެތީތަ ރަގަޅު މީހަކު؟ މަރީއަށް މަގޭ ވޯޓު އަދި ވަރަށް ސަލާން