ވޯލްޑް ކަޕް 2014: ކޮރޭޝިއާ

ކޮރޭޝިއާ ފުޓްބޯޅަ ޓީމު
ކޮރޭޝިއާ ފުޓްބޯޅަ ޓީމު

މިއީ ކޮރޭޝިއާގެ ނަމުގައި އެ ޤައުމު ވޯލްޑް ކަޕްގައި ތަމްސީލުކުރާ ހަތަރުވަނަ ފަހަރެވެ. 1930 ން 1990 އަށް ޔޫގޯސްލާވިއާގެ ނަމުގައި ބައިވެރިވެ މާބޮޑު ކާމިޔާބެއް ނުލިބުނު ނަމަވެސް 1998 ވަނަ އަހަރު ފުރަތަމަ ފަހަރު ކޮރޭޝިއާގެ ނަމުގައި ބައިވެރިވެ ފުޓްބޯޅައިގައި ދުނިޔޭގެ ބޮޑެތި ބާރުތައް ފަހަތަށް ޖައްސާލުމަށްފަހު އެ ޤައުމު ވަނީ މުބާރާތުގެ 3 ވަނަ މަޤާމް ހޯދާފައެވެ. 2010 ވަނަ އަހަރުގެ ވޯލްޑްކަޕަށް ކޮރޭޝިއާ ކޮލިފައި ނުވިނަމަވެސް މިފަހަރުގެ ވޯލްޑްކަޕަށް އެޓީމު ކޮލިފައިވީ، ކޮލިފިކޭޝަންގައި ޔޫރަޕްގެ ގްރޫޕް އޭގައި ބެލްޖިއަމްގެ ފަހަތުން ދެވަނަ ހޯދައި ޕްލޭއޮފްގައި އައިސްލޭންޑްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ކޮރޭޝިއާގެ ގިނަ ކުޅުންތެރިންތަކެއް ޔޫރަޕްގެ ވަރުގަދަ ކްލަބްތަކުގައި ކުޅެމުންދާއިރު މިފަހަރުގެ ވޯލްޑްކަޕްގައި ރަގަޅު މަޤާމަކާއި ހަމައަށް ދިއުމަކީ އެޓީމަށް ވެދާނެކަމެއްކަމަށް ބައެއް ފަރާތްތަކުން ޤަބޫލުކުރެއެވެ. ވޯލްޑްކަޕްގެ ފުރަތަމަ މެޗްގައި ގަދަފަދަ ބްރެޒިލް އާއި ވާދަކުރަން ޖެހޭ ކޮރޭޝިއާ އާއި އެކު ދެން އެ ގްރޫޕްގައި ހިމެނެނީ މެކްސިކޯއާއި ކެމަރޫންއެވެ. ކޮރޭޝިއާގެ ކޯޗެއްގެ ގޮތުން މިފަހަރުގެ ވޯލްޑްކަޕްގައި މަސައްކަތްކުރާނީ ކުރިން އެޤައުމަށް ކުޅެ 14 ގޯލްޖަހައިދީފައިވާ އުމުރުން 42 އަހަރުގެ ނިކޯ ކޮވިޗެވެ.

ވޯލްޑްކަޕްގެ ތާރީޚުގައި ކޮރޭޝިއާއަށް ޗެމްޕިއަންކަން ހޯދިފައި ނެތްނަމަވެސް 1998 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ޖުމްލަ 6 ގޯލްޖަހައި މުބާރާތުގެ ރަންބޫޓާއި މުބާރާތުގެ ދެވަނައަށް އެންމެ މޮޅުކުޅުންތެރިޔާގެ މަޤާމް އެޤައުމުގެ ހުނަރުވެރި ފޯވާޑް ޑާވޯ ޝުކަރ ހޯދާފައިވުމުން އެކަން އެޤައުމުގެ ރައްޔިތުން ސިފަކުރަނީ ޤައުމަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ. އަދި މިފަހަރުގެ މުބާރާތުގައި، ކްލަބް ފުޓްބޯޅައިގައި ޔޫރަޕްގައި ރަސްކަންކުރަމުންދާ ޖަރުމަނުގެ ބެޔާންމިއުނިކް ޓީމްގެ ކޮރޭޝިއާގެ ބައިނަލްއަޤްވާމީ ކުޅުންތެރިޔާ މާރިއޯ މަންޑްޒުކިޗް އާއި މެދު ކުރެވޭ އުއްމީދުއަށް ވަނީ ބޮޑުވެފައެވެ. މީގެ އިތުރުން މިހާރު ސްޕެއިންގެ ރިއަލް މެޑްރިޑަށް ކުލެމުންއަންނަ ލޫކަރ މޮޑްރިޗަކީވެސް ކޮރޭޝިއާގެ ރައްޔިތުންގެ ވޯލްޑްކަޕްގެ އުއްމީދާއި ގުޅިފައިވާ ކުޅުންތެރިއެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.