އުރީދޫން ކާމިޔާބު 15 އަހަރު ފުރިހަމަކުރުމަށް ޚާއްސަ ހަރަކާތްތަކެއް

މިއަހަރަކީ އުރީދޫ މޯލްޑިވްސްއަށް ވަރަށްވެސް ޙާއްސަ އަހަރެކެވެ. ރާއްޖޭގައި މުވާސަލާތީ ހިދުމަތް ފޯރުކޮށްދިނުމުގައި 15 އަހަރު ފުރިގެންދާ އަހަރެވެ. މިކަމުގެ މުނާސަބަތުގައި އުރީދޫ އިން ވަނީ ހޮޓެލް ޖެންގައި ވަރަށް ހާއްސަ ހަފްލާ އެއް ރޭ ބާއްވާފައެވެ.

މި ހަފްލާ ބޭއްވިގެން ދިޔައީ އުރީދޫ މޯލްޑިވްސް ގެ ކާމިޔާބު 15 އަހަރުގެތެރޭގައި ޑިޖިޓަލް ދިވެހިރާއްޖެއެއް ޤާއިމްކޮށް، ދިވެހިންގެ ދިރިއުޅުމަށް އިތުރު ފާގަތިކަމާއި ކުރިއެރުން ފޯރުކޮށްދިނުމުގައި ކުރަމުން އައި ބުރަމަސައްކަތުގައި ބައިވެރިވެފައިވާ ޕާޓްނަރުން އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.

އެގޮތުން މި ހަފްލާގައި އުރީދޫ މޯލްޑިވްސްއިން ވަނީ، ކުންފުނީގެ މަސައްކަތްތަކުގައި އެއްބާރުލުންދީ، ތަފާތު އިޖްތިމާއީ ހަރަކާތްތަކުގައި ބައިވެރިވެފައިވާ، އެންމެ ގާތް ޕާޓްނަރުން ފާހަގަކޮށް ހަނދާނީ ފިލައެއް އަރުވައިފައެވެ.

އުރީދޫ މޯލްޑިވްސް ދިވެހި ރާއްޖެއަށް ތަޢާރަފްވެގެންދިޔައީ 2005 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 1 ވަނަ ދުވަހުއެވެ. ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އުރީދޫ މޯލްޑިވްސްއިން ދަނީ ޓެލެކޮމިއުނިކޭޝަން ދާއިރާގެ އެންމެ ކުރީ ސަފުގައި މަޑުޖެހުމެއްނެތި ހަރަކާތްތެރިވަމުންނެވެ. ދިވެހިރާއްޖޭގެ މުވާސަލާތީ ދާއިރާއަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއްގެނެސް، ތަފާތު ބޮޑެތި އިންވެސްޓްތަކާއި އެކު އުރީދޫގެ ކަސްޓަމަރުންނަށް އައު އީޖާދީ ޚިދުމަތްތަކެއް ތަޢާރަފުކޮށް، ދިވެހިރާއްޖޭގެ މުވާސަލާތީ ސިނާޢަތަށް ބޮޑެތިބަދަލުތަކެއް ގެނެސް، އިތުރު ފުރުސަތުތަކެއް ތަނަވަސްކޮށްދީފައި ވެއެވެ. އެންމެ ބާރު ސްޕީޑުގެ 3ޖީ އަދި 4ޖީ ރާއްޖެއަށް ތަޢާރަފު ކުރީވެސް އުރީދޫ މޯލްޑިވްސްއިންނެވެ.

މީގެ އިތުރުން 2018ވަނަ އަހަރު އުރީދޫ މޯލްޑިވްސްއިން ވަނީ ދިވެހިރާއްޖޭގައި މިހާތަނަށް ތަޢާރަފުކުރެވިފައިވާ އެންމެ ހަލުވި ސްޕީޑުގައި 5ޖީގެ ޚިދުމަތުގެ ޑެމޯއެއް ދައްކާލާފަ އެވެ.

ޑިޖިޓަލް ދިވެހިރާއްޖެއެއް ގާއިމް ކުރުމުގެ އަމާޒުގައި 2019 ވަނަ އަހަރުވެސް އުރީދޫ މޯލްޑިވްސްއިން ވަނީ އީސިމް، އެޗް.ޑީ ވޮއިސް އަދި ވައިފައި ކޯލިންގެ ޚިދުމަތްވެސް ދިވެހިރާއްޖެއަށް މުޅިން އަލަށް ތަޢާރަފު ކޮށް ފައެވެ.

“ފާއިތުވެދިޔަ 15 އަހަރުގެ ތެރޭގައި އުރީދޫ މޯލްޑިވްސްއިން ވަނީ ފާހަގަކުރެވޭ ކުރިއެރުންތަކެއް ހޯދައިފައެވެ. ބައިނަލްއަޤްވާމީ އައިސީޓީ ދާއިރާއަށް ތައާރަފްކުރެވޭ ފަހުގެ ޓެކްނޮލޮޖީތަކާއި އުފެއްދުންތެރި ޚިދުމަތްތައް ދިވެހިރާއްޖެއަށް ގެނެސްދީ މިޚިދުމަތްތަކުގެ އެހީގައި ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުން އިތުރަށް ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ އުރީދޫ މޯލްޑިވްސްގެ މައި އެއް މަގްސަދެވެ. އުރީދޫ މޯލްޑިވްސްއާއިއެކު އެންމެ ގާތުން މަސައްކަތްކުރާ ޕާރޓްނަރުންގެ އެއްބާރުލުމާއިނުލާ އަޅުގަނޑުމެންގެ މި މަސައް ކަތް ކާމިޔާބުނުވާނެ ކަން ޔަގީން. ކުރިއަށްއޮތް އަހަރުތަކުގައިވެސް އުރީދޫ މޯލްޑިވްސްގެ ޕާޓްނަރުންނާއިއެކު ދިވެހި ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފަހުގެ ޓެކްނޮލޮޖީތަކާއި އުފެއްދުންތެރި ޚިދުމަތްތައް ފޯރުކޮއްދިނުމުގައި ދެމި ތިބޭނެކަމުގެ ޔަގީންކަން އަރުވަން”. އުރީދޫ މޯލްޑިވްސްގެ ސީއީއޯ، ނަޖީބް ޙާން ވިދާޅުވިއެވެ.

އުރީދޫގެ މައި ޕާޓްނަރުންގެ އަގު ވަޒަންކުރުމަށް ބޭއްވި މިހަފްލާގައި މި އަހަރުކުރުމަށް ހަމަޖެހިފައި ވާ ހަރަކާތްތައް ވަނީ އިއުލާނު ކޮށްފަ އެވެ.

އުރީދޫން ބުނިގޮތުގައި ރާއްޖޭގައި ކާމިޔާބު ފަނަރަ އަހަރު ފުރުމާއި ދިމާލަށް ދަތުރު ކުރަމުންދާހިނދު، ދިވެހިރައްޔިތުންނަށް ފައިދާކުރާނެ އިތުރު ފުރުސަތުތަކާއި ފަސޭހަތަށް ފޯރުކޮށްދިނުމަށް، އުރީދޫ އިން ކުރަމުންދާ މަސައްކަތްތައް ކުރިއަށްދާނެއެވެ. އައު ޓެކްނޮލޮޖީތަކާއި، ޑިޖިޓަލް ޚިދުމަތްތަކުގެ އެހީގައި، އުރީދޫގެ އެންމެ މުހިއްމު އަމާޒަކީ ދިވެހި މުޖުތަމައުތަކަށާއި، ވިޔަފާރިތަކަށް އިތުރު ތަރައްޤީ އާއި ފާގަތިކަމާއި ގުޅުވާލަދިނުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.