އިންޓަނޭޝަނަލް ފެންވަރުގެ ފުޓްބޯޅަ ދަނޑެއް އަޅަން އަޅުގަނޑު ތާއީދު

ރޭ ބަހިއްޔާ ޕްރީ ސްކޫލްގައި އޭދަފުށީގެ ކައުންސިލްގެ ފަރާތުން ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމަށް އަޅުގަނޑުވެސް ހާޒިރުވީމެވެ. އެއީ އެފަދަ ބައްދަލުވުމަކަށް އަޅުގަނޑު ހާޟިރުވި ފުރަތަމަ ފަހަރެވެ. ކައުންސިލުން އެންމެ ފުރަތަމަވެސް ރައްޔިތުންނާ ހިއްޞާ ކުރީ ވޭތުވެދިޔަ އަހަރުތަކުގައި ކުރެވުނު މުހިއްމު ކަންތައްތަކުގެ ތަފްޞީލީ މަޢުލޫމާތެވެ.  މާލީ ގޮތުން ހޭދަކުރެވުނުފައިސާގެ އިތުރުން، ރައްޔިތުންގެ މާލިއްޔަތުގައި މިވަގުތު ހުރި ފައިސާ ހިސާބު އެނގިގެން ދިޔައެވެ.

ބައްދަލުވުމުގައި ދެން ފާހަގަކުރީ އޭދަފުށީގައި ކުރަން ރޭވިފައި ހުރި މުހިއްމު ކަންތައްތަކުގެ ވާހަކައެވެ. އޭގެތެރޭގައި، އެދަފުށީގެ ބިން ހިއްކުމަށް 2013 ވަނަ އަހަރު ބަޖެޓް ކުރެވިފައިވާކަމާއި، ވިލާ ކޮލެޖުން އޭދަފުށީގައި ފަށަށް ހަމަޖައްސާފައިވާ ކޯސްތައް ހިންގުމަށް އެފަރާތަށް ރަށުން ބިމެއް ދޫކުރުމާއި، އަމިއްލަ ފަރާތަކުން އޭދަފުށީގެ އިރުމަތީކޮޅު ފުޓްބޯޅަ ދަނޑު އިންޓަނޭޝަނަލު  ފެންވަރަކަށް ތަރައްޤީކުރާ ވާހަކައެވެ.

ރަށުގެ ތަރައްޤީގައި އެފަދަ މުހިއްމު ކަންތައްތަކެއް ހިމެނިގެން ދިއުމުން ރަށުގެ ދަރިއެއްގެ ހައިޞިއްޔަތުން އަޅުގަނޑު ނުހަނު އުފާވިއެވެ. ބިންހިއްކުމާއި، ވިލާ ކޮލެޖަށް ބިމެއް ދިނުމުގައި ރައްޔިތުންގެ މެދުގައި ހިޔާލު ތަފާތުނުވި ނަމަވެސް ފުޓްބޯޅަ ދަނޑު ކަންތަކުގައި ރައްޔިތުންގެ މެދުގައި އައި ހިޔާލު ތަފާތުވުމާއެކު އޭދަފުށީގައި ރަގަޅު ފެންވަރެއްގެ ފުޓްބޯޅަ ދަނޑެއް ހެދުމަކީ ކައުންސިލުން ބޭނުންވާ ކަމެއްތޯ ހިތުގައި ސުވާލު އުފެދުނެވެ. އަދި މިކަމުގައި ކައުންސިލް މެމްބަރުންގެ އެކައްޗެއް ކިޔަން ބޭނުން ނުވާކަން ވަރަށް ރަގަޅަށް އެނގިގެން ދިޔައެވެ. ވަކި މެމްބަރަކު ބަދުނާމު ކުރުމެއް ނެތި އަޅުގަނޑު ދަންނަވާނީ ބައްދަލުވުމުގެ ހިމެނުނު ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު އެތަނުން ނިކުމެގެން ދިޔައީ ފުޓްބޯޅަ ދަނޑު ހެދުމަށް ރަށުން ބިމެއް ދެވެން ނެތްކަމަށް ނުސީދާގޮތުން ނަމަވެސް ކައުންސިލްގެ މެމްބަރަކު ވިދާޅުވި ހިސާބުންނެވެ.

އަމިއްލަ ފަރަތާކުން އެކަމަށް އިންވެސްޓް ކުރަން ތައްޔާރަށް ހުރި އިރު އެފަރާތައް އެފުރުޞަތު ދިނުމަކީ މުހިއްމު ކަމެއްކަމަށް އަޅުގަނޑު ދެކެމެވެ. ސަބަބަކީ ސަރުކާރަށް ބަރޯސާވެގެން އޭދަފުށީގެ ފުޓްބޯޅަ ދަނޑު ހަދާނެކަމަށް ކުރަމުން އައި އުއްމީދަށް މިހާތަނަށް އަލިމަގެއް ފެނިފައި ނެތުމެވެ. އަދި ރަށެއްގެ ތަރައްޤީއަށް ކުރަންޖެހޭ އެންމެހާ ކަންކަމުގައި ސަރުކާރަށް ބަރޯސާވުމަކީވެސް އެންމެ ރަގަޅު ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެމެވެ. އެހެންކަމުން ރަށުގެ ތަރައްޤީގައި އަމިއްލަ ފަރާތްތަކުން ހިއްޞާވާން ތިބި އިރު އެކަމަށް ދެކޮޅު ހެދުމަކީ މާދަމާގެ ޖީލު އެކަމާ ހިތާމަ ކުރާނެކަމެކެވެ. އެންމެން ރުހޭގޮތަށް އެއްވެސް ކަމެއް ނުކުރެވޭނޭ ބުނާ އުޞޫލުން، ކައުންސިލްގަ ތިއްބެވި 5 މެމްބަރުގެ ހިޔާލުވެސް ފުޓްބޯޅަ ދަނޑު ހެދުމުގައި ތަފާތުވުމަކީ ޤަބޫލުކުރެވޭކަމެކެވެ. އެހެންނަމަވެސް ރައްޔިތުންގެ ކުރިމަތީގައި ބޭއްވި ބައްދަލުވުމުން ވަކި މެމްބަރަކު އެކަމަށް ތާއީދު ނުކުރާކަން އެނގިގެން ދިއުމަކީ އަޅުގަނޑުވެސް އެތަނުން ނިކުންނަން ޖެހުނު އެއް ސަބަބެވެ.

ބައްދަލުވުމުގައި، ރައްޔިތުންގެ ‘ރުހުން’ އެކަންކަމުގައި އޮތްތޯވެސް ބަލަން ބޭނުންނުވިއިރު، ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރަން ނިންމި ނިންމުމުގެ މަޤްސަދަކީ ކޮބައިކަމެއް އަޅުގަނޑަކަމަށް ހަމަ އެއްގޮތަކަށްވެސް ނޭނގުނެވެ.

ނޯޓް: މިއީ ކިޔުންތެރިއަކު ފޮނުވާފައިވާ ލިޔުމެކެވެ.

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

  1. same

    މާ މޮޅަށް ކުޅޭ ބަޔަކު ތިބޭ ރަށެއް ނަމަ ރަނގަޅު އިންޓަނޭޝަނަލް ފެންވަރުގެ ދަނޑެއް އަޅަން..

    ރައްދު
  2. ކިހާދޫ ކޮއެ

    ދަނޑު އަޅަން ކިތަންމެ ބޭނުން ވިޔަސް ބިން ނެތް ތަނެއްގަ ކިހިނެއް ދަނޑު ހަދާނީ؟ މިހާރުވެސް މީހުން ދިރިއުޅެން ގޯތި ދޭނެ ތަންކޮޅެއްވެސް ނެތް. އެހެން ވި ތި އަޅަން އުޅޭ ދަނޑު އަތޮޅުގެ ބިން އޮތް ރަށްކަށް ބަދަލު ކުރަންވީ.. ގޮއިދޫ ނޫނީ ކިހާދޫ ރަގަޅުވާނެ.

    ރައްދު
  3. އައްޔަ

    ކަމަށް ނާގާބިލު ވެރިން އިންތިޚާބު ކުރުމުގެ ނަތީޖާ އޭދަފުށީ ރައްޔިތުންނަށް ( ޙާއްސަކޮށް ޒުވާނުންނަށް ) ފެނިގެން މިދަނީ!! ބަނދަރުމަތީ ޖޯލިފަތީގަޔާއި، އޮޑިހަރުގެ ތަކުގައި އަނގަ ފުޅާކޮށްފަ ފައްތާހު ބުނާކަހަލަ ( ސަޅި ) ވާހަކަ ދެއްކުން ނޫން ކަމައް ތިތިއްބެވި ވެރިންނަކަށް ނުވާނެ!!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.