އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ށ. މިލަންދުއަށް ތައާރަފުކޮށްފިއެވެ.
މިއަދު އެ ރަށަށް ތައާރަފު ކުރި މި ހިދުމަތަކީ 100 އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑްތަކާއެކު ލިބޭ ހިދުމަތެކެވެ.
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ދުނިޔަވީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި، ތައުލީމާއި، ބޭސްފަރުވާގެ ހިދުމަތްތަކަށާއި، ވިޔަފާރިތަކަށް އިންޓަނެޓްގެ މުހިންމުކަަން އިތުރުވެފައިވާ ކަމަށެވެ. އެހެންވެ އިންޓަަނެޓްގެ ހިދުމަތް ރާއްޖޭގެ ހުރިހާ ކަންކޮޅު ތަަކަށް ފުޅާކުރުމަކީ މުހިންމުކަމެއް ކަމުގައި ދެކޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
“މިއަދު މިވަނީ މިލަންދޫގެ ރައްޔިތުން ޑިޖިޓަލް ޒަރިއްޔާތަައް މެދުވެރިކޮށް އިތުރު ފުރުސަތުތަކާއި ގުޅުވާލަދީފަައެ. އަޅުގަނޑުމެން މިދަނީ ހިދުމަތްތައް އަޕްގްރޭޑް ކުރަމުން، އެގޮތުން ދާދި ފަހުން އަޅުގަނޑުމެންގެ ހޯމް ބްރޯޑްބޭންޑް ޕެކޭޖްތައް ވަނީ އަލުން އާރާސްތުކުރެވިފަަަ. ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކާއި، ޑޭޓާ ރޯލްއޯވަ ހިދުމަތް އެކުލެވޭ މި ޕެކޭޖތަަަކަަކީ މާކެޓްގަައި އެންމެ ރަަނގަޅު ޕެކޭޖްތަައް،” ނިޔާޒު ވިދާޅުވިއެވެ.
ނިޔާޒު އިތުރަށް ވިދާޅުވީ ކުރިއަށްއޮތްް ތަނުގައިވެސް ދިވެހިންގެ އިޖްތިމާއީ އަދި އިގްތިސާދީ މަންފާވާނެ ފަދަ ހިދުމަަތްތަަައް ފޯރުކޮށްްްްދޭނެ ކަމަށެވެ.
ދާދި ފަހުން ވަނީ އުރީދޫ ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. މި ބަދަލުތަކާއެކު ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 100 އިންސައްތައާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ލިބޭނެއެވެ.
މީގެ އިތުރުން ސުޕަނެޓް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށްވެސް ޑޭޓާ ރޯލް އޯވާގެ ހިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާއާއި އެއްވެގެންދާ ގޮތް އުރީދޫއިން ވަނީ ހަދައިފައެވެ.
މި ހިދުމަތް ހޯދަން ނުވަތަ ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދަން ބޭނުންވާ ނަމަ، http://ore.do/getsupernet އަށް ޒިޔާރަތް ކޮށްގެން މައުލޫމާތު ލިބޭނެއެވެ.