
ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން ގެންދާ ކަނިފުށިން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ފައިސާތަކެއް ހޯދައި، އެ ވައްކަމުގެ ތުހުމަތުގައި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 19 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނިގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 8 ވަނަ ދުވަހުގެ ވަގުތެއްގައި މި އަތޮޅުގައި އަލަށް ހަދަމުން އަންނަ ރިސޯޓެއްކަމުގައިވާ ކަނިފުށިން -/16000 ރުފިޔާ ވަގަށްނަގާފައިވާކަމަށް ބުނެ އޭދަފުށި ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މަައްސަލައާކާ ގުޅިގެން އިއްޔެ ހަވީރު ކަނިފުށިިންނެވެ.
އެރަށުން ވަގަށް ނަގާފައިވާ ފައިސާތަކުގެ ތެރެއިން -/11500 ރުފިޔާ ހޯދާފައިވާއިރު މި ފައިސާތައް ފެނިފައިވަނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ގެ ބަލައި ފާސްކުރިކުރުމުން އެ ގޭ ތެރެއިން ކަމަށްވެސް ފުލުހުން ބުނެޏެވެ.
ފުލުހުން ބުނީ، މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
މި މައްސަލަ ބ. އޭދަފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.
ތި ވައްކަމުގެ ތުހުމަތުގައި ކޯޓަށް ޙާޒިރުކުރީ ކޮންރަށެއްގެ، ކޮން ގެއެެއްގެ ކާކު؟